Ads by Stelco

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޢާޒު މިފްކޯގެ ވަޒީފާއިން ސަސްޕެންޑުކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޢާޒު މިފްކޯގެ ވަޒީފާއިން ސަސްޕެންޑުކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޢާޒު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޮކްޓޯބަރު 2025، 08:24

15 އޮކްޓޯބަރު 2025، 08:24

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މިފްކޯގެ ޖެނެރަލް މެނޭޖަރު، މުޢާޒު ޢަލީ މިފްކޯގެ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ތަޙުޤީޤީ އިދާރާތަކުން މުޢާޒުގެ މައްސަލައެއް ބަލަމުން ދިއުމާ ގުޅިގެން، އެ މައްސަލަ އިދާރީގޮތުން އެ ކުންފުނިން ވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ. އެހެންކަމުން މިއަދުން ފެށިގެން 30 ދުވަހަށް އޭނާ އެ ކުންފުނީގެ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިފްކޯއިން ވިދާޅުވީ އެ ކުންފުނީގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި ގުޅުންހުރި ކޮންމެ މައްސަލައެއްވެސް ޙާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މުޢާޒުއަކީ ކުރިން މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްގެ ސީނިއާރ ސުޕްރިންޓެންޑެންޓްގެ މަޤާމުގައި ހުރި ފަރާތެކެވެ. އޭނާގެ އިތުރު މައްސަލައެއް ވެސް މިހާރު އޮތީ ދަޢުވާ ކުރުމުގެ މަރުހަލާގައިކަމެވެ. އެއީ ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައެކެވެ. އެ މައްސަލައިގައި އޭސީސީއިން ވަނީ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާފައެވެ.

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން