Ads by Stelco

ޚަބަރު

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ

ބަންޑުންޖަހާލި ލޭންޑިން ކްރާފްޓު / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2025، 08:12

16 އޮކްޓޯބަރު 2025، 08:12

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާއެއްގައި ތިން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް މެރިން ފުލުހުން ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފައިވާ ގޮތުގައި، "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ މި އުޅަނދު ބަންޑުން ޖަހާލިއިރު އެ އުޅަނދު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދިއުމަށެވެ.



މީގެ އިތުރުން، މި އުޅަނދު ބަންޑުން ޖަހާލިއިރު 7 ފަޅުވެރިއަކު އޭގައި ތިބި ކަމަށާއި، އެ ތަނުން 4 މީހަކު ސަލާމަތްކުރެވިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. މި މީހުން ސަލާމަތް ކުރެވުނީ ރޭގެ މެންދަމުން އަލިވެ ގާތްގަނޑަކަށް 4 ޖަހާކަށް ހާއިރެވެ. 

މި ހާދިސާގައި ގެއްލިފައިވާ 3 މީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

މެރިން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ އޭގައި އޮތް އެކްސްކެވޭޓާރއެއްގެ ތެެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން