Ads by Stelco

ޚަބަރު

މިއަދުވެސް މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު!

މިއަދުވެސް މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު!

ވިއްސާރަ ވެހުމުގެ ސަބަބުން ނ. ހެނބަދޫގައި ފެންބޮޑުވެފައި - 17 ޑިސެންބަރު 2024

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2025، 08:40

16 އޮކްޓޯބަރު 2025، 08:40

މިއަދު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެހެންކަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ ހެނދުނު 08:30އިން ފެށިގެން މެންދުރުފަހު 2:00އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. 

އެ އިދާރާއިން ބުނީ، އެ ވަގުތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.



ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ، ވަކިން ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން