ޚަބަރު
ކޮޅުވެއްޓި ބަނޑުންޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު ފެނިއްޖެ

ބަންޑުންޖަހާލި ލޭންޑިން ކްރާފްޓު / ފޮޓޯ: އެމްއެންޑީއެފް

ފަރުދުން
16 އޮކްޓޯބަރު 2025، 08:58
16 އޮކްޓޯބަރު 2025، 08:58
ރޭ ދަންވަރުގެ ވަގުތެއްގައި ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުން ދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާކަމަށް ކޯސްޓުގާޑުން ހާމަކޮށްފިއެވެ.
"އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ މި އުޅަނދު ބަންޑުން ޖަހާލިއިރު އެ އުޅަނދު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން އެރިޔަދޫ އަށެވެ. އަދި އޭރު އޭގައި 7 ފަޅުވެރިން ތިއްބެވެ.
ގެއްލުނު މީހުންގެ ތެރެއިން ފެނުނު މީހާގެ ހަށިގަނޑު ނަގާފައި ވަނީ ކަނޑުގެ އަޑިންނެވެ.
#އަދާހަމަ: ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓް ވަނީ އަޑިއަށް ގޮސްފަ. އަދި އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފަ.
— Maldives National Defence Force (@MNDF_Official) October 16, 2025
ކޯސްޓްގާޑުގެ ޑައިވަރުން މިހާރުވެސް އެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުންދާއިރު، ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. އަދި މިހާތަނަށް ފެނިފައިނުވާ ދެ މީހުން ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.