Ads by Stelco

ޚަބަރު

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ސަމާލުވުމަށް އެދެފި

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ސަމާލުވުމަށް އެދެފި

ބަންޑުންޖަހާލި ސަރަޙައްދު//ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޮކްޓޯބަރު 2025، 12:20

16 އޮކްޓޯބަރު 2025، 12:20

ތުޅާގިރި ކައިރިން ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލީ ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި މި އުޅަނދުގައި ހުރި ބައެއް ސާމާނު ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށް އޮޔާދަމުންދާކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެހެންކަމުން، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ހެނދުނު ބަންޑުން ޖަހާލި މި 100 ފޫޓުގެ ލޭންޑިންގ ކްރާފްޓުގައި ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގއ. ދާންދޫ، (38އ) އަޙުމަދު ޝިފާން އެވެ. މި ޙާދިސާ ހިނގިއިރު ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ތިބިއިރު، މިހާތަނަށް 4 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އަދި 2 މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު، މިކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގުކުރަމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން