Ads by Stelco

ޚަބަރު

ހައްދުފަހަނަ އެޅުމުގެ ނުރައްކަލުން ރައްކާތެރިވުމަށް ޚާއްސަ ސިމްޕޯސިއަމެއް ކުރިއަށް ގެންގޮސްފި

ހައްދުފަހަނަ އެޅުމުގެ ނުރައްކަލުން ރައްކާތެރިވުމަށް ޚާއްސަ ސިމްޕޯސިއަމެއް ކުރިއަށް ގެންގޮސްފި

އްދުފަހަނަ އެޅުމުގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ސިމްޕޯސިއަމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޮކްޓޯބަރު 2025، 03:36

16 އޮކްޓޯބަރު 2025، 03:36

ހައްދުފަހަނަ އެޅުމުގެ ނުރައްކަލުން ރައްކާތެރިވުމަށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ގުޅިގެން ޚާއްސަ ސިމްޕޯސިއަމެއް ބާއްވައިފިއެވެ.

މި މަހުގެ 15 އިން 16 އަށް ކުރިއަށްގެންދިޔަ މި ސިމްޕޯސިއަމްގެ ފުރަތަމަ ސެޝަންގައި، ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ތައުލީމީ ދާއިރާގެ 80 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެއްވި ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާއިޝަތު ސަފޫރާ ވިދާޅުވެފައިވަނީ، މި ޕްރޮގްރާމްގެ ތެރެއިން މުހިންމު މަޢުލޫމާތުތަކެއް އުނގެނި، އެއަށް އަމަލުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިލްމުވެރިން އެމީހުންގެ ތަޖުރިބާ އަޅުގަނޑުމެންގެ ލޯކަލް ފެސިލިޓޭޓަރުންނާ ހިއްސާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. އެއީ ސުލްހައާއި މެދުމިނާއި އޯގާތެރިކަމަށް އަގުދޭ އެންމެން ހިއްސާކުރާ ޖަމާޢަތުގެ އަޚްލާޤީ ވާޖިބެއް" ކަމަށް އާއިޝަތު ސަފޫރާ ވިދާޅުވިއެވެ.

43 އިސްލާމީ ޤައުމެއްގެ އަސްކަރިއްޔާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގައި އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނުން އަންނަނީ މެމްބަރު ޤައުމުތަކުގައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ޤާބިލްކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމުތައް ކުރިއަށްގެންދަމުންނެވެ.

އެގޮތުން މިއަހަރު ތެރޭގައި ހައްދުފަހަނައެޅުމުގެ ނުރައްކަލާ ކުރިމަތިލުމަށް ދީނީ ޢިލްމުވެރިންގެ ޤާބިލުކަން އިތުރުކުރުމަށާއި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމުތަކެއް ވަނީ ހިންގާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން