ޚަބަރު
ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވާތީ، އޭގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފި
 
                    ދިޔަވަމުންދިޔަ ބޯޓު/ފޮޓޯ: އެމްއެންޑީއެފް
ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވާތީ، އޭގައި ތިބި ފަޅުވެރިން އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ، އެ ބޯޓުން ދަތުރުކުރަމުންދިޔަ 5 ފަޅުވެރިން ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވެސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
 
                 
                             
                                         
                 
                 
                                             
                                            