Ads by Stelco

ޚަބަރު

ލޭންޑިންގ ކްރާފްޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

ލޭންޑިންގ ކްރާފްޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

ބަންޑުންޖަހާލި އުޅަނދު/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޮކްޓޯބަރު 2025، 04:28

16 އޮކްޓޯބަރު 2025، 04:28

ލޭންޑިންގ ކްރާފްޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު ފެނިފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

"އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ މި އުޅަނދު ބަންޑުން ޖަހާލިއިރު އެ އުޅަނދު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން އެރިޔަދޫ އަށެވެ. އަދި އޭރު އޭގައި 7 ފަޅުވެރިން ތިއްބެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ލޭންޑިންގ ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ. މި ޙާދިސާ ހިނގިއިރު، ލޭންޑިންގ ކްރާފްޓުގަި 7 ފަޅުވެރިން ތިބިއިރު އޭގެ ތެރެއިން 4 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި 3 މީހުން ގެއްލިގެން ހޯދަމުންދިޔައިރު، މިއަދު ހެނދުނު ވަނީ އެކެއްގެ ހަށިގަނޑު ހޯދާފައެވެ.

މި ޙާދިސާގައި، ދެމީހުންގެ ހަށިގަނޑު މިހާރު ހޯދާފައިވާއިރު ބާކީ ހުރި މީހާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން