ދުނިޔެ

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އަނެއްކާވެސް ހަމަލާދީ ޣައްޒާގެ ބަޔަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އަނެއްކާވެސް ހަމަލާދީ ޣައްޒާގެ ބަޔަކު ޝަހީދުކޮށްލައިފި

އިސްރާއިލުން ދިން ހަމަލާތަކުގައި ހަލާކުވެފައިވާ ޣައްޒާގެ އިމާރާތެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޮކްޓޯބަރު 2025، 04:43

16 އޮކްޓޯބަރު 2025، 04:43

އިސްރާއީލުގެ ސިފައިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ ހަމަލާދީ ޣައްޒާގެ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

މިހަމަލާ އިސްރާއިލް ސިފައިން ދީފައިވަނީ ޣައްޒާގެ އާންމު ރައްޔިތުން "ޔެލޯ ލައިން" ކަމަށް ފާހަގަކުރެވިފައި ނުވާ ސަރަހައްދެއް ހުރަސްކުރިކަމަށް ބުނެއެވެ.

އިސްރާއީލުގެ ކުރީގެ ސިފައިން އުފައްދާފައިވާ ހިއުމަން ރައިޓްސް ޖަމާއަތް "ބްރޭކިންގ ދަ ސައިލެންސް" އިން ބުނާ ގޮތުގައި، އާންމު ރައްޔިތުންނަށް އެއްވެސް އެނގުމެއް ނެތް ސަރަހައްދެއް ހުރަސްކުރުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރާލެވިފައެވެ. މި ސަރަހައްދަކީ ހަމައެކަނި ޗާޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދެއް ކަމަށާއި، ބިމުގައި މި ސަރަހައްދު ފާހަގަކުރެވިފައި ނުވާކަމަށް އެ ޖަމާއަތުން ވަނީ ފާހަގަކޮށްފައެވެ.

"މިއީ ވަރަށް ސާފު ކަމެއް. މި ސަރަހައްދު ހުރަސްކުރާ ކޮންމެ މީހަކީ މަރުގެ ޙުކުމް އިއްވިފައިވާ މީހެއް،" ބްރޭކިންގ ދަ ސައިލެންސްއިން ބުނެފައިވެއެވެ.

ހަމާސްގެ ސްޕޯކްސްޕަރސަން ހާޒިމް ޤާސިމް ވަނީ މި ޢަމަލުތައް ކުށްވެރިކޮށް، މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސާފު ޚިލާފުވުމެއް ކަމަށް ބުނެފައެވެ. އޭނާ ގޮވާލާފައިވަނީ ބައިނަލްއަޤްވާމީ ފަރާތްތަކުން އިސްރާއީލު ޒިންމާދާރުކުރުވައި، އެ ޤައުމުން މެދުވެރިންނަށް ދީފައިވާ ވައުދުތަކާ އެއްގޮތަށް ޢަމަލުކުރުވުމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ "އެންމެހާ ހަނގުރާމަވެރި ޢަމަލުތައް، އޭގެ ތެރޭގައި ވައިގެ އަދި ބިމުގެ ހަމަލާތަކާއި އަމާޒުކުރެވޭ އޮޕަރޭޝަންތައް ހުއްޓާލެވޭނެ" ކަމަށެވެ. ނަމަވެސް ހުކުރު ދުވަހުން ފެށިގެން މިހާތަނަށް އެތައް އާންމު ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލައިފައެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން