Ads by Stelco

ޚަބަރު

9 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ 10 މަޝްރޫޢެއްގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފި

9 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ 10 މަޝްރޫޢެއްގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޮކްޓޯބަރު 2025، 08:26

16 އޮކްޓޯބަރު 2025، 08:26

9 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ 10 މަޝްރޫޢެއްގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ނިޙާދު އާއި މުޙައްމަދު ފަޔާޒް އަދި އަސްލަމް ރަހާއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

  • ލ. މާވަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ވޮލީކޯޓު ތަރައްޤީކުރުން
  • ލ. ފޮނަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން
  • ލ. ހިތަދޫ ވޮލީކޯޓު ތަރައްޤީކުރުން
  • ހއ. ވަށަފަރު ވޮލީކޯޓު ތަރައްޤީކުރުން
  • ކ. މާފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުން
  • ކ. ދިއްފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުން
  • ކ. ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުން
  • ކ. ހިންމަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުން
  •  ކ. ހުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުން

މި ސަރުކާރުގެ އަމާޒަކީ، ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވާ، އެ ރަށެއްގެ ރައްޔިތުން އެންމެ ބޭނުންވާނެ ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ޤާއިމްކުރުމެވެ. އެގޮތުން، ސަރުކާރުން ތަރައްޤީކުރާ  ފިޓްނަސް ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

މި ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓުތައް ޤާއިމްކުރުމަކީ އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން