Ads by Stelco

ޚަބަރު

އެމްއެންޔޫއިން އެމްބީބީއެސް ހެދި ފުރަތަމަ ބެޗްގެ ދަރިވަރުން އިންޓާންޝިޕް ނިންމާލައިފި

އެމްއެންޔޫއިން އެމްބީބީއެސް ހެދި ފުރަތަމަ ބެޗްގެ ދަރިވަރުން އިންޓާންޝިޕް ނިންމާލައިފި

އެމްއެންޔޫގެ އެމްބީބީއެސްގެ ފުރަތަމަ ބެޗްގެ 20 ދަރިވަރުން އައިޖީއެމްޗެ ސީނިއަރ ބޭފުޅުންނާއިއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2025، 06:02

17 އޮކްޓޯބަރު 2025، 06:02

ހުލާސާ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗުގެ 20 ދަރިވަރުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އިންޓާންޝިޕް ފުރިހަމަކޮށްފިއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވިގޮތުގައި، އިންޓާންޝިޕްގެ މުއްދަތުގައި ދަރިވަރުންނަށް ބަލިމީހުންނަށް ފަރުވާދިނުމާއި، ކުއްލި ޙާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމާއި، އަދި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބި، އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރެވިފައިވެއެވެ. މީގެއިތުރުން، އިލްމީ ގޮތުން ލިބިފައިވާ މަޢުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ތަޖުރިބާވެސް ފޯރުކޮށްދެވިފައިވާކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.

އިންޓާންޝިޕްގެ މުއްދަތުގައި މި ޑޮކްޓަރުންނަށް އިރުޝާދު ދެއްވި އެންމެހާ ކޮންސަލްޓަންޓުންނާއި، ކްލިނިޝަނުންނާއި، އަދި އެހެނިހެން އެހީތެރިންގެ އެހީތެރިކަމާއި އިރުޝާދަކީ މި ދަރިވަރުން މިހާ ކާމިޔާބު ކަމާއެކު އިންޓާންޝިޕް ފުރިހަމަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެއްކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއްވިއެވެ.


މި ދަރިވަރުން މިހާރު ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ. އަދި މިދަރިވަރުންގެ ފަރާތުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާވެ، ކުރިއަރައިގެން ދާނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ ޑޮކްޓަރުކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ އަހަރުދުވަހުގެ މުއްދަތެކެވެ. ނަމަވެސް މިހާތަނަށް މި ޕްރޮގްރާމް ހިންގަމުން އައީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށްވުމުން، ގިނަ ދަތިތަކާ ކުރިމަތިވަމުން އައިސްފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން މިހާރު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައިވެސް މި ޕްރޮގްރާމް ފުރިހަމަކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން