Ads by Stelco

ޚަބަރު

އެމްޕީއެލްގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިދިޔަ އަހަރުގެ ޕްރޮގްރާމްގެ ތެރެއިން/ފޮޓޯ: ސަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 އޮކްޓޯބަރު 2025، 11:48

18 އޮކްޓޯބަރު 2025، 11:48

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޕީއެލް އިން މަޢުލޫމާތުދޭ ގޮތުގައި، ސާނަވީ އިމްތިހާނުތައް ނިންމާފައިވާ އަދި އުމުރުން 18 އަހަރު ނުވާ ކުދިންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ. އަދި މިއީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އިންޓަރންޝިޕް ޕްރޮގްރާމެއްކަމަށް ވެސް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.

އެމްފީއެލް އިން ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ މައިގަނޑު އެއް މަޤްޞަދަކީ އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ކުރިއަށް ދެވެން ހުރި ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކުރުން ކަމަށެވެ. ހަމަ އެހެންމެ، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާ މެދު ވެސް މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުން އަހުލުވެރިވެގެންދާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް މިފަހަރު ހުޅުވާލާފައިވާ 9 ދާއިރާ:

  • މާކެޓިންގ އެންޑް ޕީއާރު
  • އެޑްމިނިސްޓްރޭޝަން
  • ފައިނޭންސް
  • އައިޓީ
  • ޕްރޮކިއުމެންޓް
  • މެރިން އިންޖިނިއަރިންގ
  • މެކޭނިކަލް އިންޖިނިއަރިންގ
  • އިލެކްޓްރިކަލް އިންޖިނިއަރިންގ
  • ސިވިލް އިންޖިނިއަރިންގ

މި ޕްރޮގްރާމުގަގެ ތެރެއިން މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓަރއެއް ހަމަޖައްސާނެކަމަށް އެމްޕީއެލުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން