Ads by Stelco

ޚަބަރު

ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ހަދިޔާކުރުމުގެ ފުރުޞަތު!

ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ހަދިޔާކުރުމުގެ ފުރުޞަތު!

ޒަކާތު ގުޅޭ ފޮތެއް/ފޮޮޓޯ: ޒަކާތު ހައުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 އޮކްޓޯބަރު 2025، 11:48

18 އޮކްޓޯބަރު 2025، 11:48

ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް، ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ހަދިޔާކުރައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީ-މެއިލް މެދުވެރިކޮށް ހުށައެޅުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްގެ ފަރާތުން ހަމަޖައްސައިދެވިގެން ދާނެ ކަމަށެވެ.

ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކިންގް ސަލްމާން މިސްކިތުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކުރުން ކަމަށެވެ. ހަމަ އެހެންމެ، މި މަސައްކަތަކީ އިސްލާމީ ތަޢުލީމީ ވަޞީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއްކަމަން ޒަކާތު ހައުސް އިން ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ޒަކާތު ހައުސްގެ 3021414 ނަންބަރާ ގުޅުއްވުމަށް ނުވަތަ 7328990 ނަންބަރަށް ވަޓްސްއެޕުން މެސެޖުކުރައްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން