Ads by Stelco

ޚަބަރު

މިއަދު މެންދުރުފަހު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މެންދުރުފަހު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ/ފޮޓޯ: އެޓޯލް ޓައިމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 އޮކްޓޯބަރު 2025، 11:49

18 އޮކްޓޯބަރު 2025، 11:49

މިއަދު މެންދުރުފަހު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެގޮތުން،  މާލެ ސިޓީ، ވަޔޮލެޓް ހިނގުން، ވަޔޮލެޓް މަގު، ބޮޑުތަކުރުފާނު މަގު، އަބަދަށް އުފާ މަގު، ގުލިސްތާނު ގޯޅި، ހިޔަލީ ގޯޅި، ތަނޑިރަތްމާ ގޯޅި އަދި ދޮންހުރާ ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު މެންދުރު ފަހު 14:00 އާއި 14:45 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ. ހަމަ އެހެންމެ، ހުޅުމާލެ، ފުރަތަމަ ފިޔަވަހި ފިތުރޯނު މަގު، މިދިލި މަގު އަދި އަސުރުމާ ހިނގުން ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 14:00 އާއި 14:30 އާ ދެމެދު ކަރަންޓު ކެނޑިގެންދާނެކަމަށް ސްޓެލްކޯ އިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ވަނީ، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންގެ ކިބައިން  މަޢާފަށް އެދިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން