Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ދައުރުވަނީ، ސަމާލުވޭ!

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ދައުރުވަނީ، ސަމާލުވޭ!

ސްކޭމް އެލަރޓް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 އޮކްޓޯބަރު 2025، 02:19

18 އޮކްޓޯބަރު 2025، 02:19

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

މި މެސެޖްތަކުގައި ބުނެފައި ވަނީ، ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުޞަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެޗްޑީސީގެ ނަމުގައި ފޭކް މެސެޖްތަކެއް މިހާރު ދައުރުވަމުންދާއިރު، މި މެސެޖްތަކުގައި ފޭކް ލިންކެއް ވެސް ހިމަނާފައިވާ ކަމަށެވެ. އަދި އެ ލިންކަށް ވަދެއްޖެނަމަ، ލިންކު މެދުވެރިކޮށް މީހާގެ ޒާތީ މަޢުލޫމާތާއި ޕާސްވޯޑުތައް ވައްކަންކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އެ މެސެޖްގައިވާ ލިންކަށް ނުފިތުމަށާއި އެކަން އެހެން ފަރާތްތަކަށް އަންގައިދިނުމަށް ފުލުހުން ވަނީ އެދިފައެވެ. 

މީގެ އިތުރުން، އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްކަން ކަށަވަރުކުރައްވަން ބޭނުންފުޅުވާ ނަމަ އެ ކުންފުންޏައް ގުޅައި، އެކަން ކުރިއަށް ގެންދެވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން