Ads by Exprox

ޚަބަރު

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ޚާއްސަ ހަރަކާތެއް!

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ޚާއްސަ ހަރަކާތެއް!

މިއަދު ހަވީރު ފެށި އިމިގްރޭޝަންގެ ޚާއްސަ އޮޕަރޭޝަންގެ ބައިވެރިން. ފޮޓޯ:އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2024، 09:44

28 އޯގަސްޓު 2024، 09:44

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް މިއަދު ހަވީރުން ފެށިގެން މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ ހަރަކާތެއް ހިންގަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަން އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޚާއްސަ ހަރަކާތެއް ފެށިގެން މިހާރު ކުރިއަށް އެބަދާކަމަށެވެ.

މި ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވާ ކަމަށާއި،  52 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ޤަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކުރިއަށް ދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނާއި ކަމާއި ގުޅުން ހުރި އެހެން އިދާރާތަކުން ކުރަމުންދާ ބުރަ މަސައްކަތުން މާލެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދާ ގިނަ ޢަދަދެއްގެ ބިދޭސީން ހޯދައި ޑީޕޯޓް ކޮށްލާފައިވެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިހާރުގެ ސަރުކާރުން މިކަން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco