Ads by Stelco

ޚަބަރު

ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެ ތަމްޘީލުކުރާ ކުޅުންތެރީންގެ ޢިނާޔަތް ބޮޑުކޮށްފި!

ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެ ތަމްޘީލުކުރާ ކުޅުންތެރީންގެ ޢިނާޔަތް ބޮޑުކޮށްފި!

ޤައުމީ ޓީމުގެ ބައެއް ކުޅުންތެރީން.

farudhun logo

ފަރުދުން

18 އޮކްޓޯބަރު 2025، 04:48

18 އޮކްޓޯބަރު 2025، 04:48

އެކިކުޅިވަރުތަކުން ޤައުމީ ޓީމުތަކުގައި ދިވެހިރާއްޖެ ތަމްޘީލުކުރާ ކުޅުންތެރީންނަށާއި އިދާރީ ފަރާރްތަކަށް ސަރުކާރުން ދެމުން ގެންދާ ޢިނާޔަތް ބޮޑުކުރުމަށް ނިންމައިފިއެވެ.

މީގެ ކުރީން ޤައުމީ ޓީމުގެ ކުޅުންތެރީންނާއި، އޮފިޝަލުންނަށް ދެމުން އައީ މަހެއްގެ މައްޗަށް 5،000 ރުފިޔާގެ ޢިނާޔަތެކެވެ. ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ އެ ޢިނާޔަތް 7،000 ރުފިޔާއަށް އިތުރުކުރުމަށެވެ. 

މި އަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މި އަހަރު ތަންފީޛުކުރާ ސިޔާސަތުތަކާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ޓީމުތަކުގައި އެކި ކުޅިވަރުތަކުގައި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްޘީލުކުރާ ކުޅުންތެރީންނަށް ސަރުކާރުން ދެމުން ގެންދާ ޢިނާޔަތް އިތުރުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ.

މި ވަޢުދުފުޅާ އެއްގޮތަށް، ބުރާސްފަަތި ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ސަރކިއުލާއެއްގައި، ޤައުމީ ޓީމުތަކުގެ ކުޅުންތެރީންނަށް ދޭ ޢިނާޔަތް އިތުރުކުރުމަށް ކަނޑައަޅާފައިވާ ކަން އެންމެހައި އެސޯސިއޭޝަންތަކަށް އެންގިއެވެ. އެ ސަރކިއުލާގައި ބުނެފައިވަނީ، މި އަހަރުގެ މެއި މަހުން ފެށިގެން ޤައުމީ ޓީމުތަކުގެ ކުޅުންތެރީންނަށް ދޭ ޢިނާޔަތް ބޮޑުކޮށްފައިވާ ކަމަށެވެ. 

އެ ގޮތުން، ޤައުމީ ޓީމުތަކުގެ ކުޅުންތެރީންނަށާއި، އޮފިޝަަލުންނަށާއި، "ޕެރަ" ކުޅުންތެރީންނަށް ބޮޑުކުރި ޢިނާޔަތް މިހާރު ލިބެމުންދާނޭ ކަމުގައި ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކުޅިވަރު ވުޒާރާއިން އަންގާފައިވާ ގޮތުގައި، 2025ވަނަ އަހަރުގެ ސެޕްޓެންބަރު 15އިން ފެށިގެން އެސޯސިއޭޝަންތަކުގެ މުސާރަ ޝީޓްތަކުގައި 7،000 ރުފިޔާގެ ޢިނާޔަތް ހިމަނާން ވާނެއެވެ. އަދި 2025ވަނަ އަހަރުގެ މެއި މަހުން ފެށިގެން އިތުރުކުރެވުނު މުސާރައިގެ ބާކީ ހުރި ޢަދަދު ކުޅުންތެރީންނަށް ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން