Ads by Stelco

ޚަބަރު

ފެހި ދިރުން އެކްސްޕޯ މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި

ފެހި ދިރުން އެކްސްޕޯ މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި

ފެހި ދިރިއުޅުން އެކްސްޕޯ މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވަނީ.

farudhun logo

ފަރުދުން

18 އޮކްޓޯބަރު 2025، 04:50

18 އޮކްޓޯބަރު 2025، 04:50

ޤައުމީ ދަނޑުވެރީންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް "ފެހި ދިރުން އެކްސްޕޯ 2025"ގެ ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބާއްވާ "ފެހި ދިރުން އެކްސްޕޯ 2025"އަކީ ޤައުމީ ދަނޑުވެރީންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ޤައުމީ ދަނޑުވެރީންގެ ދުވަހަކީ މި މަހުގެ 15ވަނަ ދުވަސް، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ މި މަހުގެ 16ވަނަ ދުވަސް، އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަހަކީ މި މަހުގެ 4ވަނަ ދުވަހެވެ. ވުމާ އެކު، މި ތިން ދުވަސް އެއްކޮށް ފާހަގަކުރުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

"ފެހި ދިރުން އެކްސްޕޯ" ފެށުމަށްޓަކައި ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން މަޢޫލޫމާތު ޙިއްޞާކުރައްވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދާއިމީ އަމީންޢާންމު މުޙައްމަދު އަނީސް ވިދާޅުވީ، ފެހި ދިރުން އެކްސްޕޯގެ ތެރެއިން މި ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ އުފެއްދުންތައް ފެނިގެންދާނެ ކަމަށެވެ.

އަޅުގަނޑުމެން މިހާރު މި ދަނީ އަޅުގަނޑުމެންގެ މި ދުނިޔޭގެ ޖަނަވާރުންގެ ދުވަހާއި ރާއްޖޭގެ ދަނޑުވެރީންގެ ދުވަހާއި އަދި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު ބޭއްވޭ އެންމެ ކުލަގަދަ ޙަރަކާތް ކަމަށްވާ ފެހި ދިރުން އެކްސްޕޯގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް މި ދަނީ. މި އެކްސްޕޯގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެންދާނެ ރާއްޖޭގެ ދަނޑުވެރި ޞިނާޢަތުގެ އިންޕުޓް ސަޕްލަޔަރުން ގަސްކާނާއަށް ބޭސްވިއްކާ ފަރާތްތައް ފެންނާނެ. ދޫނި ޖަނަވާރުގެ ކަންތައްތައް މި އެކްސްޕޯއިން ފެނިގެންދާނެ. އަދި އޭގެ އިތުރުން މިނިސްޓްރީގެ ސްޓޯލްތައް ހުންނާނެ.

މުހައްމަދު އަނީސް ވިދާޅުވިއެވެ.

"ފެހި ދިރުން އެކްްސްޕޯ" އޮންނާނީ މިއަދު ހަވީރު 4:00އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:00އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3ގައެވެ. މި އަހަރުގެ ދަނޑުވެރީންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރަކީ "ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ" މިއެވެ.

ދަނޑުވެރީންގެ ދުވަސް ރާއްޖޭގައި ފާހަގަކުރާން ފަށާފައިވަނީ 2009ވަނަ އަހަރެވެ. 2009ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޤައުމީ ފެންވަރުގައި ދަނޑުވެރީންގެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. އެ ގޮތުން، މި އަހަރު ރާއްޖޭގައި ފާހަގަކުރަނީ 16ވަނަ ޤައުމީ ދަނޑުވެރީންގެ ދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން