ކުޅިވަރު

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ނިންމާލިތާ މާގިނައިރުތަކެއް ނުވެ، ފޮރެސްޓުގެ ކޯޗު މަޤާމުން ވަކިކޮށްފި

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ނިންމާލިތާ މާގިނައިރުތަކެއް ނުވެ، ފޮރެސްޓުގެ ކޯޗު މަޤާމުން ވަކިކޮށްފި

ނޮޓިންހަމްގެ ކޯޗުގެ މަޤާމުން ވަކިކުރި އޭންގް ޕޮސްޓެކޮގްލޫ / ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޮކްޓޯބަރު 2025، 06:46

19 އޮކްޓޯބަރު 2025، 06:46

އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިންމާލިތާ މާގިނައިރުތަކެއް ނުވެ، ފޮރެސްޓުގެ ކޯޗުގެ މަޤާމުގައި ހުރި އަންޖް ޕޮސްޓެކޮގްލޫ އެ މަޤާމުން ވަކިކޮށްފިއެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ޕޮސްޓެކޮގްލޫ ފޮރެސްޓުގެ ކޯޗެއްގެ މަޤާމުން ވަކިކުރިއިރު، އޭނާއަށް އެ މަޤާމުގައި އަދި 40 ދުވަސް ވެސް ހަމަކޮށްނުލެވެއެވެ. ނަމަވެސް މިއީ މިހާތަނަށް ފޮރެސްޓުން ލީގުގައި ކުޅުނު 8 މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައިނުވާއިރު، އޭނާއާއެކު ޓީމުގެ ހާލަތު ރަނގަޅުވާތަން ފެންނަމުން ނުދިއުމުން އެ ކްލަބުން ނިންމި ނުންމުމެކެވެ.

އުމުރުން 60 އަހަރުގެ ޕޮސްޓެކޮގްލޫއަކީ ފޮރެސްޓަށް އެންމެ ކަމުދާ ކޯޗެއް ނޫންކަމުގައި ނިންމައި އެ ޓީމުން އޭނާ ވަކިކުރިއިރު، އެ ވަޒީފާގައި އޭނާއަށް ދެމިހުރެވިފައި މިވަނީ ޖުމްލަ 39 ދުވަހުއެވެ. ފޮރެސްޓުގެ މި ނިންމުމާ ގުޅިގެން ޕޮސްޓެކޮގްލޫއަކީ އިންގްލިޝް ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ވަޒީފާ ގެއްލުނު ކޯޗެވެ.

އަދި އެ ޓީމުގެ ނިންމުން އާންމުކޮށްފައި މިވަނީ، ރޭ ޗެލްސީއާ ދެކޮޅަށް ކުޅެ، 3-0އިން ފޮރެސްޓް ބަލިވިތާ ގާތްގަނޑަކަށް 17 މިނެޓު ފަހުންނެވެ.

ފޮރެސްޓުގެ ކޯޗަކަށް ޕޮސްޓެކޮގްލޫ އައްޔަންކުރީ، އެ މަޤާމުގައި ކުރިން ހުރި ނޫނޯ އެސްޕިރީޓޯ ސަންޓީ ވަކުކުރުމަށްފަހު ސެޕްޓެންބަރު 19ވަނަ ދުވަހެވެ. އަދި ކްލަބުން އުއްމީދުކުރި، ޕޮސްޓެކޮގްލޫ ވެގެންދާނީ 1990ވަނަ އަހަރުގެ ފަހުން އެ ކްލަބަށް ތަށި ހޯދަދޭނެ ކޯޗެއް ކަމަށެވެ. 

ކުރީގެ ކޯޗު، ނޫނޯ އެސްޕިރީޓޯ ސަންޓޯ ފޮރެސްޓުގެ ކޯޗަކަށް ހަމަޖެއްސީ، 2023 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. އަދި ފޮރެސްޓުގައި މަޑުކުރުމަށް މިދިޔަ ޖޫން މަހު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި އޭނާ ސޮއި ކުރި ނަމަވެސް، އެ ކޮންޓްރެކްޓަށް ފަސް މަސް ނުވަނީސް މިވަނީ މަޤާމުން ވަކިކޮށްފައެވެ. އެހެންކަމުން، ފޮރެސްޓުން މި ވަނީ ދެ މަސް ތެރޭ ދެ ކޯޗުން މަގާމުން ވަކިކޮށްފަ އެވެ.

ޕޮސްޓެކޮގްލޫ ފޮރެސްޓާ ގުޅުމުގެ ކުރިން މަސައްކަތްކުރީ ޓޮޓެންހަމް ހޮޓްސްޕާރއާއެކުއެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި އެ ޓީމާއެކު ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ. ނަމެވެސް ސީޒަން ނިމުނުފަހުން އެ ކްލަބުން ނިންމީ އޭނާ ދޫކޮށްލުމަށެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން