ޚަބަރު
ސައިކަލުތަކަކަށް ގެއްލުންދީފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
 
                    ހޯދަމުންދާ މީހާ/ފޮޓޯ: ފުލުހުން
ސައިކަލުތަކަކަށް ގެއްލުންދީފައިވާ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ސީސީޓީވީ ފޫޓޭޖް އިން ފެންނަ ގޮތުގައި، ޕާކިން ޒޯންތަކެއްގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ކައިރިން ފިރިހެން މީހަކު ދާއިރު، އެ މީހާގެ ގައިގައި ޖެހި ޕާކުކޮށްފައި ހުރި ގިނަ ސައިކަލުތަކެއް އެއްފަހަރާ ވެއްޓިގެން ދެއެވެ. އަދި ސައިކަލުތައް ވެއްްޓުމުން އެމީހާ އަޅާނުލާ ދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުޤީގު ކުރަމުންދާ، ސައިކަލަކަށް ގެއްލުން ވެފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެފައިވާ މީހެއް ކަމަށެވެ. އަދި އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް އެމީހާ ހޯދިފައިނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ސައިކަލަކަށް ގެއްލުންވެފައިވާ މައްސަލައެއްގައި މީހަކު ހޯދަނީhttps://t.co/ZVuVz5D5Zl pic.twitter.com/QRelQDtFeB
— Maldives Police (@PoliceMv) October 19, 2025
 
                 
                             
                                         
                 
                 
                                             
                                            