Ads by Stelco

ޚަބަރު

ޕީއެންއެފްގެ ދާއިމީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޕީއެންއެފްގެ ދާއިމީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޕީއެންއެފުން ބޭއްވި ޕްރެސް ކޮންފަރެންސެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޮކްޓޯބަރު 2025، 02:23

19 އޮކްޓޯބަރު 2025، 02:23

ހުލާސާ


ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްގެ ދާއިމީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް އަކީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ  ޕާޓީއެކެވެ.

ޕީއެންއެފް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ދާއިމީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، ޕާޓީގެ ރައީސާއި ނައިބު ރައީސުންގެ މަޤާމަށް 2 ބޭފުޅަކާއި އަމީންއާންމާއި ރަޖިސްޓްރާ އަދި ޚަޒާންދާރުގެ މަޤާމަށް ބޭފުޅުން އިންތިޚާބު ކުރުމަށް ނިންމާފައިވާކަމަށް އެ އިޢުލާނުގައި ވެއެވެ. މީގެ އިތުރުން، ޕާޓީގެ ސެނެޓަށް 14 މެންބަރަކު އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު އިރުއޮއްސި 6 ޖެހުމުގެ ކުރިން ހުށަހެޅުމަށް ޕީއެންއެފުން ވަނީ އެދިފައެވެ.

އެޕާޓީން އިތުރަށް ބުނެފައިވާ ގޮތުގައި، ދާއިމީ މަޤާމުތަކުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އަދި ޕާޓީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރާނީ ޕާޓީގެ ޢާންމު ޖަލްސާގެ ތެރެއިންނެވެ.

ޕީއެންއެފް އަކީ، ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ފަހުން އުފެއްދި ޕާޓީއެވެ. އެޕާޓީ އުފައްދާފައި ވަނީ 25 މާރިޗު 2024 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން