Ads by Stelco

ޚަބަރު

އެމްއެންޑީއެފުން އެމްޕީއެލްގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ 'ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ' ނިންމާލައިފި

އެމްއެންޑީއެފުން އެމްޕީއެލްގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ 'ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ' ނިންމާލައިފި

ނިންމުމުގެ ރަސްމިއްޔާތު/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޮކްޓޯބަރު 2025، 03:24

19 އޮކްޓޯބަރު 2025، 03:24

އެމްއެންޑީއެފުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ 'ސެޓިފިކެޓް ލެވެލް 1 އިން ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ' ކޯސް ނިންމާލައިފި އެވެ.

މި ކޯސް ނިންމުމަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން ޢަބްދުއްލަޠީފް މުޙައްމަދެވެ. 

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯސް، އެމްޕީއެލްގެ 29 މުވައްޒަފަކު ވަނީ ފުރިހަމަކޮށްފައެވެ. މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދިން ބައިތަކުގެ ތެރޭގައި، ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް އެންޑް ރެސްޓްރެއިންޓް ޓެކްނީކްސް، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީޒް ސެކިޔުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވަޔަރަމަންޓް، ފަސްޓް އެއިޑް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ކޮމިއުނިކޭޝަން، ސެކިޔުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަރސް އަދި އެޓިޓިއުޑް ހިމެނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ، ސީ ޕޯޓް ސެކިޔުރިޓީގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިޔުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެއް ކަމަށެވެ. އަދި  ކޯހުގައި ކިޔަވައިދީފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެކި ދާއިރާތަކުގެ ސިފައިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ކޯހަކީ، އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން އިސްނަގައިގެން އެމްޕީއެލްގެ މުޒައްޒަފުންނަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން