ޚަބަރު
ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފި

ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް/ފޮޓޯ: އެމްޓީސީސީ
ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން އެ ރަށަށް ގެންގޮސްފިއެވެ.
މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން 96،700 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، 3،789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ޖެހުން ވެސް ކުރިއަށްދާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 76.44 މިލިއަން ރުފިޔާއަށް ހިންގާ މަޝްރޫޢެކެވެ.
Project Update: Design and Build of Sh. Milandhoo Harbor Upgrade
— MTCC Plc (@MTCCPlc) October 19, 2025
First shipment of rock boulders required for the project have been delivered to the site.
Follow more updates at: https://t.co/SfVAzkVuzR
#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/orGhVLlPYA