Ads by Stelco

ޚަބަރު

މިއަދަށް ލަފާކުރެވޭ މޫސުން ވެސް ގޯސް

މިއަދަށް ލަފާކުރެވޭ މޫސުން ވެސް ގޯސް

ވިއްސާރަ ވެހެމުގެ ސަބަބުން ނ. ވެލިދޫގެ މަގެއްގައި ފެންބޮޑުވެފައި---

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2025، 06:51

20 އޮކްޓޯބަރު 2025، 06:51

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަދު ރާއްޖޭގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވެއެވެ. 

އަދި މިއަދު ވައި ޖެހޭނަކަމަށް ލަފާކޮށްފައި ވަނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. އެހެން ހިސާބުތަކަށް ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވަނީ 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނެއްގައެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

އެހެންކަމުން، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިން 4-7 ފޫޓާއި ދެމެދު ހުންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެންމެ ފަހުން ނެރުނު އަދާހަމަ މަޢުލޫމާތަށް ބަލާއިރު، މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އަދި ރޭގެ 3:30އިން ފެށިގެން ހެނދުނު 9:30އަށް ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.



މިއީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން، ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން