Ads by Stelco

ޚަބަރު

ނޯތު ޕޮލިހުގެ ފުލުހުންނަށް ބާއްވާ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި

ނޯތު ޕޮލިހުގެ ފުލުހުންނަށް ބާއްވާ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި

ނޯތު ޕޮލިހުގެ ފުލުހުންނަށް ބާއްވާ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފެށުން.

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2025، 04:13

20 އޮކްޓޯބަރު 2025، 04:13

ނޯތު ޕޮލިސް ނުވަތަ ނ. ރ. ބ. ޅ. އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުސް އޮފިސަރުންނަށް ތަމްރީން ދިނުމަށް ހިންގާ ފަސްޓްލައިން މެނޭޖްމަންޓް ކޯސް އިއްޔެ ފަށައިފިއެވެ.

މި ކޯހަކީ ނޯތު ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 19އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަކަށެވެ.

މި ކޯސް ފެށުމަށްޓަކައި ރ. އުނގޫފާރު އިސްލާމީ މަރުކަޒުގެ މާލަމުގައި ބޭއްވި ޚާއްޞަ މަޙްފިލް ޝަރަފުވެރި ކޮށްދެއްވީ، ހެޑް އޮފް ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ފާޠިމަތު ނަޝްވާއެވެ. މި ރަސްމިއްޔާތުގައި، ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ނަބީލް އާއި، ހެޑް އޮފް ސެންޓަރ ފޯ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަމީން ޢަބްދުލްޤައްޔޫމް އާއި، ހެޑް އޮފް މާލެ ކެމްޕަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙްގެ އިތުރުން، ނޯތު ޕޮލިހުގެ އަތޮޅު ކޮމާންޑަރުންނާއި، ސްޓޭޝަންތަކުގެ ސީނިއަރ ފުލުހުން ބައިވެރިވެލެއްވިއެވެ.

މި ކޯހުގައި ނޯތު ޕޮލިހުގެ ހަތަރު އަތޮޅުން ސަރޖަންޓް އަދި ސީނިއަރ ސަރޖަންޓް ދަރަޖައިގެ 17 ފިރިހެން ފުލުހުންނާއި 1 އަންހެން ފުލުހަކު ބައިވެރިވެއެވެ.

މި ކޯހުގައި، ޕަރސަނަލް ލީޑަރޝިޕް އެންޑް އެތިކަލް ސްޓެންޑަރޑްސް، ސުޕަވައިޒަރީ ސްކިލްސް އެންޑް ޕީޕަލް މެނޭޖްމަންޓް، އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއަރނެސް ފޯ ފްރަންޓްލައިން އޮފިސަރޒް، ކޮމިއުނިޓީ ޕޮލިސިންގ އެންޑް ޕަބްލިކް އެންގޭޖްމަންޓް އަދި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ.

މި ފްރަންޓްލައިން ކޯހަކީ މުޅި ރާއްޖެ ހިމެނޭހެން، ލާމަރުކަޒީ އުޞޫލުން (ޑީސެންޓްރަލައިޒްކޮށް) ހިންގުމަށް ފަރުމާ ކުރެވިފައިވާ ކޯހަކަށް ވާއިރު، މި ކޯހުގެ ސަބަބުން، ފުލުހުންނަކީ އެއް ދަރަޖައިން އަނެއް ދަރަޖައަށް ކުރިއަރައިގެން ދާއިރުގައްޔާއި، މަޤާމުތައް ޙަވާލު ކުރެވޭއިރުގައި، އިސް މަޤާމުތަކުގައި ތިބެ ޚިދުމަތް ކުރުމަށް ބޭނުންވާ ޢިލްމާއި، ވިސްނުމާއި، ހުނަރު ލިބިފައިވީ މުވައްޡަފުންނަށް ވެގެން ދާނެއެވެ. އަދި މި ކޯހަކީ، ޢާންމުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ހަރުދަނާކުރުމާއި އަދި އެ ކަންކަން ސުޕަވައިޒް ކުރުމަށް ޤާބިލު އޮފިސަރުން އުފެއްދުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

މި ކޯސް ފަހުގެ ތާރީޚެއްގައި ސައުތު ޕޮލިހުގައި ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން