Ads by Stelco

ޚަބަރު

ވަގު ސިނގިރޭޓު މައްސަލަ: މުޢާޛްގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ވަގު ސިނގިރޭޓު މައްސަލަ: މުޢާޛްގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޢާޛް

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2025، 05:20

20 އޮކްޓޯބަރު 2025، 05:20

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގުމުގައި އިސްކޮށް ޙަރަކާތްތެރިވި ކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުޢާޛް ޢަލީގެ ބަންދަށް 10 ދުވަސް އިތުރުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

2 ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މުޢާޛް ހައްޔަރުކުރީ މި މަހުގެ 14ވަނަ ދުވަހުގެ ރޭގައެވެ. އޭނާ 5 ދުވަހަށް ބަންދުކުރަން ކޯޓުން ޙުކުމްކުރީ ޖެހިގެން އައި 15ވަނަ ދުވަހުގައެވެ.

މުޢާޛް ބަންދުކުރަން އަމުރުކުރި މުއްދަތު މިއަދަށް ހަމަވާއިރު، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޢާޛް ޢަލީއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް އެންޑް ފިޝަރީޒް ކޮންޕެނީ (މިފްކޯ)ގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމު އަދާކުރަމުން އައި މީހެކެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން މިފްކޯއިން ވަނީ އޭނާ 30 ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގުމުގައި އިސްކޮށް ޙަރަކާތްތެރިވި ކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުޢާޛަކީ، އިސްވެ ދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް ވެސް އަދާކުރި މީހެކެވެ. އެ މަޤާމުގައި ހުރި ދުވަސްވަރު ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ.)އިން ވަނީ މިމަހުގެ 12ވަނަ ދުވަހު އޭނާގެ މައްސަލަ ޕީ.ޖީ.އަށް ވެސް ފޮނުވާފައެވެ.

ސިނގިރޭޓު ވަގަށް ނެގުމުގައި އިސްކޮށް ޙަރަކާތްތެރިވި ކަަމަށް ތުހުމަތުކުރެވިގެން މުޢާޛްގެ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަޙުމަދު ޢާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުޙައްމަދު ވަޙީދާއި ކަސްޓަމްސް ސުޕްރިޓެންޑެންޓް ޒިވާރު އިސްމާޢީލް ވެސް ހައްޔަރުކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން