Ads by Stelco

ޚަބަރު

ކުނަހަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކުނަހަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކުނަހަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2025، 08:44

20 އޮކްޓޯބަރު 2025، 08:44

ލ. ކުނަހަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރަންހަންދޫއަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔާރޑް އަޙްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުނަހަންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ 4.94 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި އެއްބަސްވުމުގައި ބުނާ ގޮތުން، އެމްޓީސީސީން މި މަޝްރޫޢު 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މި މަޝްރޫޢާއެކު އެ ރަށުގެ ރައްޔިތުންނަށް އިޖުތިމާއީގޮތުންނާއި ސިއްޙީގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމެއް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން