Ads by Stelco

ޚަބަރު

ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހި މަސްދޯންޏެއްގައި މަސްވެރިން މަސްބާނަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2025، 10:43

20 އޮކްޓޯބަރު 2025، 10:43

ހުލާސާ


މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކައި އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭނާއި އެ ޕްލޭން ތަންފީޛުކުރުމަށް އެކުލަވާލާފައިވާ ޤަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ އޯގަސްޓް މަހު ކުޅުދުއްފުށީގައި އިޢުލާންކުރެއްވި ގޮތަށް، އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކުޅުދުއްފުށީ ރައްޔިތުންނާއެކު ކުރިޔަށްގެންދިޔަ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކަށިމިޔަރުގެ މަސްވެރިކަމަކީ ކުރީގައި ރާއްޖޭގައި ކުރަމުން އައި މަސްވެރިކަމެއް ނަމަވެސް، އެކި ސަބަބުތަކާ ހުރެ ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އެ މަސްވެރިކަން ހުއްޓާލަން ޖެހުނީއެވެ. އެހެންނަމަވެސް ތިމާވެށްޓާ ބެހޭ ވުޒާރާއާއި މަސްވެރިކަމާ ބެހޭ ވުޒާރާއާއެކު މަޝްވަރާކުރެވި، މިހާރު އެ މަސްވެރިކަން އަލުން ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކުރިން ކުރަމުން އައި ތިން ބާވަތުގެ މިޔަރު މަސްވެރިކަމުގެ ތެރޭގައި ފަރުމިޔަރު، ކަނޑުމިޔަރު އަދި ކަށިމިޔަރުގެ މަސްވެރިކަން ހިމެނެއެވެ. ކަށިމިޔަރުގެ މަސްވެރިކަން ހުއްޓާލަން ޖެހުނީ އޭރު ކުރެވުނު ދިރާސާތަކުން މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. ނަމަވެސް ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ކަށިމިޔަރުގެ މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެކެވެ. އަދި މިއީ ކަށިމިޔަރު ތެޔޮ އުފެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ. އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސްވެރިކަމުގެ އިތުރު ބާވަތްތައް ތަޢާރަފުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން