ދުނިޔެ
ޙަމާސްގެ ވަފުދެއް ޤާހިރާގައި ޣައްޒާގެ މުސްތަގުބަލާ މެދު މަޝްވަރާކުރަނީ

ޙަމާސްގެ އިސްވެރިންތަކެއް
ޙަމާސްގެ ވަފުދެއް މިޞްރުގެ ޤާހިރާގައި ޣައްޒާގެ މުސްތަޤްބަލާމެދު މަޝްވަރާކުރަމުންްދާކަމަށް އަލްޖަަޒީރާގައި ރިޕޯޓުކޮށްފިއެވެ.
އަލްޖަޒީރާއިން ނަގާފައިވާ މައުލޫމާތެއްގައި ބުނާ ގޮތުން، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މި ވަފުދުން މިޞްރުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް، ފަލަސްތީނު ރައްޔިތުން އެއްބައިވަންތަކަމަށް ގެނައުމާއި، ޣައްޒާގެ ކުރިމަގާ ގުޅޭ މުހިންމު މައްސަލަތަކާ މެދު މަޝްވަރާކުރާނެއެވެ.
މި މަޝްވަރާތަކުގައި މިނިވަން ޓެކްނޮކްރެޓުންގެ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީއަށް ޣައްޒާގެ ކަންކަން ހިންގުމުގެ ބާރު ދިނުމާ މެދުވެސް މަޝްވަރާކުރެވޭނެއެވެ. ޙަމާސްއިން މެދުވެރިވެރިންނަށް ވަނީ މިފަދަ ކޮމިޓީއަކަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.
މީގެއިތުރުން، ޙަމާސްގެ ވަފުދުން މިޞްރާއި ޤަތަރުގެ އޮފިޝަލުންނާ ބައްދަލުކޮށް، އިސްރާއިލުން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ތަކުރާރުކޮށް ޤަވާއިދާ ޚިލާފުވަމުންދާ މައްސަލަ އާއި އެ ޤައުމުން ދޭތެރެދޭތެރެއިން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކާ މެދުވެސް މަޝްވަރާކުރާނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހެޅި 20 ނުކުތާގެ ޕްލޭނެއްގެ ދަށުން، މި މަހުގެ 10 ވަނަ ދުވަހު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ހަނގުރާމަ ހުއްޓާލުމާއި، ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމާއި، އިސްރާއިލްގެ ސިފައިން މަޑުމަޑުން ޣައްޒާއިން ފައިބާ، ސަރަހައްދު އިންޖިނިއަރުންނާއި ކަމާބެހޭ މާހިރުންގެ މިނިވަން ކޮމިޓީއަކާ ހަވާލުކުރުން ހިމެނެއެވެ.