ކުޅިވަރު
އޭޝިއަން ޔޫތު ގޭމްސް: އަންހެން ބީޗް ވޮލީ ޓީމުން ބަޙްރެއިން ބަލިކޮށްފި

އޭޝިއަން ޔޫތު ގޭމްސް 2025ގައި ރާއްޖޭގެ އަންހެން ބީޗް ވޮލީ ޓީމުން ބަޙްރެއިން ބަލިކުރީ ސީދާ ދެ ސެޓުން / ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

ފަރުދުން
21 އޮކްޓޯބަރު 2025، 09:18
21 އޮކްޓޯބަރު 2025، 09:18
ބަޙްރެއިންގައި މިހާރު ކުރިޔަސްދާ އޭޝިއަން ޔޫތު ގޭމްސް 2025ގައި ރާއްޖޭގެ އަންހެން ބީޗް ވޮލީ ޓީމުން ބަޙްރެއިން ބަލިކޮށްފިއެވެ.
ރާއްޖޭގެ ޓީމުން ބަޙްރެއިން ބަލިކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ.
މި އިވެންޓުގައި ރާއްޖޭގެ ތަމްސީލުކުރަނީ އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުޙައްމަދު ސިދުޤީއެވެ.
މި ޕެއާރއިން ބަޙްރެއިންގެ ލަޔާން މާޖިދާ އާއި މާޔާ ފަލާޙްއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ކާމިޔާބުކުރީ 21-9 އަދި 21-12 އިންނެވެ.
ބަޙްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސް 2025ގެ އަންހެން ބީޗް ވޮލީ ބޯޅަ އިވެންޓްގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ރާއްޖެ އާއި ބަޙްރެއިންގެ އިތުރުން ދެން ހިމެނެނީ އިންޑޮނޭޝިއާގެ އާއި ތައިލެންޑެވެ.