Ads by Stelco

ޚަބަރު

މާލެސިޓީ ހިމެނޭހެން ރާއްޖޭގެ 6 ސަރަޙައްދެއްގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސް ނިންމަވައިފި

މާލެސިޓީ ހިމެނޭހެން ރާއްޖޭގެ 6 ސަރަޙައްދެއްގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސް ނިންމަވައިފި

މަޝްރޫޢުގެ ކުރެހުމެއް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޮކްޓޯބަރު 2025، 01:35

21 އޮކްޓޯބަރު 2025، 01:35

މާލެސިޓީ ހިމެނޭހެން ރާއްޖޭގެ 6 ސަރަޙައްދެއްގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ވަޤުފް މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ، މާލެ ސިޓީގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގަ އެވެ.

މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވާކަން އިޢުލާން ކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.

އެގޮތުން، އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި، 10 މިލިއަން، ތިނަދޫ 10 މިލިއަން، ވިލިނގިލި 10 މިލިއަން ވަޤުފު އުފައްދަން އިންވެސްޓް ކުރެވިގެން ދާނެކަމަށާއި މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރެވިގެންދާނީ އެސިޓީތަކުގެ އިސްލާމީ ކަންކަން ކުރިއެރުވުމަށް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިސްކިތްތަކާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މިކަމުން ޚަރަދުކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި މަޝްރޫއުތަކުގެ އިތުރަށް މާލެ ސަރަޙައްދުގައި 2 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެ ދެ މަޝްރޫޢުގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެ ކަމަށާއި މި ހުރިހައި މަޝްރޫޢެއްގެ ވެސް ޢަމަލީ މަސައްކަތް އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ޖަނަވަނީ މަހުގަގެ ތެރޭގައި ފެށިގެން ދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޤުފް މަޝްރޫޢުތަކަކީ އިސްލާމީ ދާއިރާއިން މި ދައުރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫޢުއެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން