Ads by Stelco

ޚަބަރު

އަންނަ އަހަރުގެ ރޯދަ މަހުގެ ޢުމްރާއަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި

އަންނަ އަހަރުގެ ރޯދަ މަހުގެ ޢުމްރާއަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި

އުމްރާގައި/ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޮކްޓޯބަރު 2025، 03:22

21 އޮކްޓޯބަރު 2025، 03:22

މި އަންނަ އަހަރުގެ ރަމަޟާން މަހުގެ ޢުމްރާއަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ރޯދަ މަހުގެ އުމްރާއަށް އެ ކޯޕަރޭޝަނުން 2 ޕެކޭޖެއް އެކުލަވާލާފައިވާ ކަމަށެވެ. އެއީ މުޅި ރޯދަ މަހުގެ ޕެކޭޖަކާއި ފަހު ފަނަރައިގެ ޕެކޭޖެވެ. އަދި އެ 2 ޕެކޭޖުގައި ވެސް ޝައްވާލް މަހުގެ 6 ރޯދަ ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އެގޮތުން، މުޅި ރޯދަ މަހުގެ ޕެކޭޖްގެ އަގަކީ 48،965 ރުފިޔާ ކަމަށާއި، ފަހު 15 ދުވަހުގެ ޕެކޭޖްގެ އަގަކީ 45،965 ރުފިޔާ ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އުމްރާ ޕެކޭޖްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް:

  • އުމްރާ ވިސާ
  • އެއާލައިން ދެކޮޅު ޓިކެޓް
  • 5 ލީޓަރުގެ ޒަމް ޒަމް ފެން ފުޅިއެއް
  • ލޮކޭޝަން ޓްރެކިންގް ޑިވައިސް
  • 3 އުމްރާ ކުރުމުގެ ފުރުޞަތު
  • ފެންވަރު ރަނގަޅު ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް
  • ބަގީގެ ޚިދުމަތް
  • ލޯންޑްރީގެ ޚިދުމަތް
  • މަދީނާ ދަތުރު ހައިސްޕީޑް ރޭލުގައި
  • 24 ގަޑިއިރުގެ ކްލިނިކްގެ ޚިދުމަތް (ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު)
  • މީރު ދިވެހި ކެއުން
  • އުމްރާ ކިޓް (ފޮށި، އަތްދަބަސް، އިހްރާމް، އުމްރާ ދުއާ ކާޑް، އުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް)
  • މައްކާ އަދި މަދީނާގެ ޒިޔާރަތް ދަތުރު
  • ދީނީ ޢިލްމުވެރިންގެ ދަރުސްތައް
  • އުމްރާ ޓްރެއިނިންގް
  • އުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

އެ ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ، ރޯދަ މަހުގެ އުމްރާގެ މުޅި ރޯދަ މަހުގެ ޕެކޭޖަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ 13:00 ނިޔަލަށް ކަމަށެވެ. ހަމަ އެހެންމެ، ރޯދަ މަހުގެ ފަހު ފަނަރައިގެ ޕެކޭޖަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ 13:00 ކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، އުމްރާއަށް ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9482292 ނުވަތަ 1435 އަށް ގުޅުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން