ދުނިޔެ

އިސްރާއިލްގެ ހަމަލާއަކާ ގުޅިގެން ފަލަސްޠީނުގެ އަންހެނަކަށް ފަރުވާދެނީ

އިސްރާއިލްގެ ހަމަލާއަކާ ގުޅިގެން ފަލަސްޠީނުގެ އަންހެނަކަށް ފަރުވާދެނީ

ތުރްމުސް އައްޔާ ރަށުގައި ޒައިތޫނި ބިނުމުގެ މަސައްކަތް ކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޮކްޓޯބަރު 2025، 07:22

21 އޮކްޓޯބަރު 2025، 07:22

އިސްރާއިލްގެ ޔަހޫދީން ފޭރިގަނެފައިވާ ހުޅަނގު އައްސޭރީގެ ޒައިތޫނި ދަނޑުތަކުގައި ޒައިތޫނި ބިންނަމުން ދިޔަ ފަލަސްތީނުގެ އަންހެނަކަށް އިސްރާއީލްގެ ޔަހޫދީއަކު ދަނޑިގަނޑަކުން ހަމަލާދިނުމުގެ ސަބަބުން، އެ އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާދިޔަ ވަގުތު އެތަނުގައި ހުރި އެމެރިކާގެ ނޫސްވެރިޔާ ޖަސްޕަރ ނަތަނިއަލް ވަނީ އެ މަންޒަރު ވީޑިއޯ ކޮށްފައެވެ.

ތުރްމުސް އައްޔާ ރަށުގައި ހިނގި މި ހާދިސާގައި 55 އަހަރުގެ އަފާފް އަބޫ އަލިޔާއަށް ހަމަލާދިން ޔަހޫދީ މީހާ، އޭނާގެ ބޮލުގައި ދަނޑިން ތަޅައިފައިވެއެވެ. އަދި އެ އަނިޔާގައި އަބޫ އަލިޔާ ހޭނެތުމަށްފަހު، ބިންމަތީގައި އޮއްވާވެސް އިތުރަށް ހަމަލާދީފައެވެ. އިސްރާއީލް ޑިފެންސް ފޯސަސްއިން ބުނެފައިވަނީ އެމީހުންގެ ބާރުތައް އެތަނަށް ގޮސް މި ހަމަލާ ހުއްޓުވާލިކަމަށާއި، ސެޓްލަރުންގެ އަނިޔާވެރިކަން ކުށްވެރިކުރާ ކަމަށެވެ.

ނަމަވެސް ޖަސްޕަރ ނަތަނިއަލް ބުނެފައިވަނީ "އިސްރާއިލްގެ އެއްވެސް ޢަސްކަރީ ބާރެއް އެތަނަކަށް ނާދޭ، އިސްރާއިލް ސިފައިން އެ ސަރަހައްދުގައި ކުރިން ތިބި، އަހަރެމެން ފަހަތަށް ޖެއްސުމަށްފަހު، ޔަހޫދީންް ހަމަލާދޭން ފެށުމުގެ ކުރިން ފިލައިގެން ދިޔަ" ކަމަށެވެ.

މި ހާދިސާއަކީ ޒައިތޫނީގެ މޫސުމުގައި އިސްރާއިލްގެ 15 ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާއެކެވެ. އޮކްޓޯބަރު 7 އިން 13 އަށް ހުޅަނގު އައްސޭރި ހިފާފައިވާ މީހުން ދިން 71 ހަމަލާ ޔޫއެން އިންސާނީ ޙައްޤުތަކުގެ އޮފީހުން ވަނީ ރިކޯޑުކޮށްފައެވެ. މީގެ ދެބައިކުޅަ އެއްބައި ހަމަލާތައް ދީފައިވަނީ ޒައިތޫނި ބިންނަ މޫސުމާ ގުޅިގެންނެވެ.

އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ކާބަފައިންގެ ބިންތަކުން ބިރުދައްކައިގެން ނެރެލުމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން