ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް: ބީޗް ވޮލީގައި ފިރިހެން ޓީމަށް އިއްޔެ ކުޅުނު ދެ މެޗު ވެސް ގެއްލިއްޖެ

އޭޝިއަން ޔޫތު ގޭމްސް: ބީޗް ވޮލީގައި ފިރިހެން ޓީމަށް އިއްޔެ ކުޅުނު ދެ މެޗު ވެސް ގެއްލިއްޖެ

އޭޝިއަން ގޭމްސް: ބީޗް ވޮލީގައި އިންޑޮނޭޝިއާއާ ބައްދަލުކުރި މެޗު ރާއްޖެއަށް ގެއްލުނީ ސީދާ ދެ ސެޓުން / ފޮޓޯ: އެމްއޯސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޮކްޓޯބަރު 2025، 08:16

22 އޮކްޓޯބަރު 2025، 08:16

އޭޝިއަން ޔޫތު ގޭމްސް 2025ގައި ބީޗް ވޮލީ އިވެންޓުގައި ވާދަކުރާ ދިވެހިރާއްޖޭގެ ފިރިހެން ޓީމަށް އިއްޔެ ކުޅުނު ދެ މެޗު ވެސް ގެއްލިއްޖެއެވެ. 

ބަޙްރެއިންގައި ކުރިޔަށްދާ ޔޫތު ގޭމްސްގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ޝަރަފް ޢަބްދުﷲ ޢަލީ އާއި މުޙައްމަދު އިކްރާމް އިސްމާއީލް ރަޝީދު ނިކުތީ ސްރީލަންކާގެ ޑިޑޫލާ މަހީމަ ސަލްޕަޑޮރޫގެ އާއި ކޫސަލް ޑުލްމިނަ މިޑިގަސްޕަގެ ޑޯން އާ ދެކޮޅަށެވެ. 

އެ މެޗުގައި ސްރީލަންކާއިން ފުރަތަމަ ސެޓު 21-15 ޕޮއިންޓުން ގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ރާއްޖެއިން ވަނީ 12-21 ޕޮއިންޓުން އެ ސެޓު ކާމިޔާބުކޮށްފައެވެ. 

ޓައިބްރޭކް ސެޓުގައި ވެސް ރާއްޖޭގެ ޕެއާރއިން ދިޔައީ މެޗު ކާމިޔާބުކުރުމަށް ވަރުގަދައަށް ވާދަކުރަމުންނެވެ. ނަމަވެސް އެ ސެޓު ވަނީ 15-7 ޕޮއިންޓުން ގެއްލިފައެވެ.

ފިރިހެން ޓީމުގެ ތިން ވަނަ މެޗުގައި ރޭ ބައްދަލުކުރީ އިންޑޮނޭޝިއާއާ ދެކޮޅަށެވެ. އެ މެޗު ސީދާ ދެ ސެޓުން ގެންދިޔައީ އިންޑޮނޭޝިއާއެވެ. 

އިންޑޮނޭޝިއާގެ ހާފިޔަން އަޒަމް ނޫރުއްދީން އާއި ފައިރޫޒް ބޭހަޤްލީއާ ބައްދަލުކުރި މި މެޗުގެ ސެޓުތައް އެ ޕެއާރއިން ގެންދިޔައީ 21-11 އަދި 21-18 ޕޮއިންޓުންނެވެ.

މި ޕެއާރގެ މެޗެއް ދެން އޮންނާނީ މާދަމާއެވެ. އެ މެޗުގައި ނިކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. އަދި ބަޙްރެއިންއާ ބައްދަލުކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭގަނޑު 9 ޖަހާއިރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން