Ads by Stelco

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓާރމިނަލް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޮކްޓޯބަރު 2025، 09:04

22 އޮކްޓޯބަރު 2025، 09:04

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓާރމިނަލްގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނަރ ސިނގިރޭޓުގެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކޮށްފައިވާ ގޮތުގައި، 52 އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ 21 އޮކްޓޫބަރު 2025ގައެވެ. ނަމަވެސް އެމީހާގެ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން، މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން 19 އޮކްޓޫބަރު 2025ގައި ތިލަފުށީގައި ހިންގި ބަލާފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތަކެއް ފެނިފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މިތަކެތި މިހާރު ވަނީ ތަޙުޤީޤުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ. އެވަރ ގްލޯރީ / މާލެ، އަޙްމަދު ޢާރިފް (61 އަހަރު) އާއި ދިގަލި / ބ. އޭދަފުށި، މުޙައްމަދު ވަޙީދު (65 އަހަރު) އާއި ހ. ނިއު ހެޕިނަސް / މާލެ، މުޢާޒު ޢަލީ (48 އަހަރު) އަދި މެދުރޭގެ / ހދ. ވައިކަރަދޫ، ޒިވާރު އިސްމާޢީލް (40 އަހަރު) އެވެ.

ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނު މައްސަލާގައި ކުރިން ހައްޔަރުކުރި 4 މީހުން---

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ، ކުރިން ކަސްޓަމްސްގެ ވަޒީފާގައި ހުރި މުޢާޒު ޢަލީގެ ބަންދަށް ކުރިން ކަނޑައެޅި 5 ދުވަހުގެ މުއްދަތު ހަމަވާތީ، މީގެ ދެ ދުވަސްކުރިން އޭނާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ދެމެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން