Ads by Stelco

ޚަބަރު

ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ދިނުމުގެ ޤަރާރު، މަޖިލިސް އިއްތިފާޤުން ފާސްކޮށްފި

ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ދިނުމުގެ ޤަރާރު، މަޖިލިސް އިއްތިފާޤުން ފާސްކޮށްފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް. ތަޞްވީރު: މަޖިލިސް އިދާރާ.

farudhun logo

ފަރުދުން

22 އޮކްޓޯބަރު 2025، 03:43

22 އޮކްޓޯބަރު 2025، 03:43

ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރާއްޖޭގެ ޞިއްޙީ އިންޝުއަރެންސް "އާސަންދަ"އިން ޚަރަދު ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ޤަރާރު، މަޖިލިހުން އަދު ބަލައިގެންފިއެވެ.

އެ ޤަރާރު ފާސްކޮށްފައިވަނީ، އެ ކަމަށް މަޖިލިހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާޤުންނެވެ.

ދިވެހީންނާ ކައިވެނީގެ ގޮތުން ގުޅިފައި ތިބި ބިދޭސީންނަށް އާސަންދަ ޚިދުމަށް ފޯރުކޮށްދިނުމަށް ހުށަހެޅުއްވި ޤަރާރުގެ ތަޢާރަފުގައި މުޙައްމަދު އިބްރާހީމް ވިދާޅުވީ، ދިވެހި ދައުލަތަށް ޚިދުމަތްކުރަމުންދާ އެތައް ބިދޭސީންނެއް ރާއްޖޭގައި އުޅޭ ކަމަށާއި، މީގެ ތެރޭގައި ޤައުމީ ކުޅިވަރު ޓީމުތަކަށް ކުޅެދޭ ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. އާސަންދާ ދިނުމުގެ ޚިޔާލު ހުށަހެޅުއްވީ ރާއްޖޭގައި މަސައްކަތްކުރުމުގެ ނިޔަތުގައި ކައިވެނީގެ ވިސާ ހޯދާން އުޅޭ ބިދޭސީންނަށް ނޫން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

ދިވެހިންނާ އިނދެގެން އުޅޭ، ޓެކްސް ދައްކާ އެތައް ބިދޭސީންނެއް އެބަ ތިބި. އެ މީހުންނަކީ މިއަދު ކާފަ، މުނިމާމަ، މުނިކާފަ ކިޔާ މީހުން. މި ދައްކަނީ އެންމެންގެ ވާހަކައެއް ނޫން.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވިއެވެ.

މެންބަރު ކުޑޫ ވިދާޅުވި ގޮތުގައި، ބިދޭސީންނަށް ޞިއްޙީ އިންޝުއަރެންސް ދޭނެ އުޞޫލުތަކެއް ނުވަތަ ޝަރުޠުތަކެއް ރާއްޖޭގައި ކަނޑައެޅިދާނެއެވެ. މި ކަމުގެ މިޘާލެއްގެ ގޮތުން ކުޑޫ ވިދާޅުވީ، ރާއްޖޭން ކައިވެނީގެ ވިިސާ ދޭއިރު އިންޝުއަރެންސެެއް އޮންނާން މަޖުބޫރު ކުރެވިދާނެ ކަމަށާއި، ނުވަތަ ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅޭތާ ވަކި މުއްދަތެއް ވެއަތުވުން ޝަރުޠުކުރެވިދާނެ ކަމަށެވެ.

ނޫނީ ކުއްޖަކު ލިބުމުން، ނޫނީ ދެ ކުދިން ލިބުމުން، އެ މީހާގެ ދިރިއުޅުން [ރާއްޖޭގައި] ސްޓޭބަލް ކަމަށް ބަލާފައި ނަމަވެސް އަަޅުގަނޑުމެން އެބަ ޖެހޭ އެ މީހުންނާ މެދު އަޅައިލާން.

މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މި ޤަރާރު މަޖިލިހުން ބަލައިގަނެ، ޤަރާރު ދިރާސާކުރުމަށް މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން