Ads by Stelco

ޚަބަރު

ރޭގެ ކޮޅިގަނޑުގައި ހުރަވީ ސްކޫލުގެ ބިއްލޫރި ދޮރެއް ވެއްޓި ތަޅައިގެން ގޮސްފި

ރޭގެ ކޮޅިގަނޑުގައި ހުރަވީ ސްކޫލުގެ ބިއްލޫރި ދޮރެއް ވެއްޓި ތަޅައިގެން ގޮސްފި

ހުރަވީ ސްކޫލުގައި ރޭ ތަޅައިގެން ދިޔަ ބިއްލޫރި ދޮރު.

farudhun logo

ފަރުދުން

22 އޮކްޓޯބަރު 2025، 03:44

22 އޮކްޓޯބަރު 2025، 03:44

ރޭ އައި ކޮޅިގަނޑުގައި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުރަވީ ސްކޫލުގެ ބޮޑު ދޮރެއް ވެއްޓި، ތަޅައިގެން ގޮސްފައި ވެއެވެ.

ހުރަވީ ސްކޫލުގައި ރޭ ތަޅައިގެން ދިޔަ ދޮރަކީ، އެ މަދަރުސާގެ ފަސްވަނަ ފަންގިފިލާގައި ހުންނަ، ބާރަ ބިއްލޫރިގަނޑު ހިމެނޭ ދޮރެކެވެ. މި ދޮރު ތަޅައިގެން ދިޔުމުގެ ސަބަބުން، މަދަރުސާގެ ހުރިހައި ފަންގިފިލައަކާއި، މަދަރުސާގެ ގޯތި ތެރޭގެ ބޮޑު ސަރަޙައްދެއްގައި ބިއްލޫރި ކުނޑިތައް ފެތުރިފައި ވިއެވެ.

ފުލުހުންގެ ޚިދުމަތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ދަރިވަރުންނާއި މުދައްރިސުންގެ ރައްކާތެރިކަމަށްޓަކައި، ފުލުހުން އެ ބިއްލޫރިކޮޅުތައް ރޭގެ ވަޤުތެއްގައި ޞާފުކޮށްފައިވާ ކަމަށެވެ. 

މިރޭ ޖެހުނު ގަދަ ވައިގައި ހުރަވީ ސްކޫލުގެ 5ވަނަ ފަންގިފިލާގައި ހުރި 12 ބިއްލޫރިގަނޑުގެ ދޮރުސެޓެއް ވެއްޓި އެންމެ މަތިން...

Posted by Hulhumale Phase 1 Police on Tuesday, October 21, 2025

ހެއި ނަކަތުގެ ދުވަސްތައް ހިނގަމުންދާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ ވިއްސާރައާއި ގަދަ ވައިރޯޅި ފޯރާން މި ވަނީ ފަށާފައެވެ. މިއާ އެކު، މާލެ ސަރަޙައްދު ހިމެނޭހެން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން