Ads by Stelco

ޚަބަރު

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން، އެ ކަން ނުކުރުމަށް ވާނީ އަންގާފައި: ވަޒީރު ޝަހީމް

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން، އެ ކަން ނުކުރުމަށް ވާނީ އަންގާފައި: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް.

farudhun logo

ފަރުދުން

22 އޮކްޓޯބަރު 2025، 03:58

22 އޮކްޓޯބަރު 2025، 03:58

މާލެ ސަރަޙައްދުގައި ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށާއި، އެ ކަން ނުކުރުމަށް އަންގަވާފައިވާނޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަތުމަށް ވަޒީރު ޙާޟިރުވެވަޑައިގަތުމުން، މެންބަރަކު ވަނީ، ހުޅުމާލޭގައި ބަންގީގެ އަޑު ވަރަށް މަޑު ކަން ފާހަގަކުރައްވާފައެވެ. ވީމާ، މި ކަމުގެ ސަބަބަކީ ކޮބައި ތޯ ވަޒީރު ކުރެން އެއްސެވުމުން، ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ސަރުކާރުގެ އަމުރަކީ ވީހައި ވެސް ދުރަށް އިވޭ ގޮތަށް ބަންގި ގޮވުން ކަމަށެވެ. އަދި ވަކީން ޚާއްޞަކޮށް ހުޅުމާލެ ފަދަ ބޮޑެތި ޢިމާރާތްތައް ހުންނަ ސަރަޙައްދުތަކަށް ބަންގީގެ އަޑު ރަނގަޅަށް ފޯރުކޮށްދިނުމަށް އިރުޝާދުދެވިފައިވާނޭ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިސްކިތްތަކުގެ ސައުންޑް ސިސްޓަމްގެ ތަޅުދަނޑި އޮންނަނީ ސިޓީ ކައުންސިލުގެ ޙަވާލުގައެވެ. އަދި ކައުންސިލުން ސިސްޓަމްތަކާ ކުޅޭ ކަމުގެ ޝިކާޔަތު މީގެ ކުރީން ވެސް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ސިޓީ ކައުންސިލަށް ތަކުރާރުކޮށް އަޅުގަނޑުމެން އެދެމުން މިދަނީ ސައުންޑް ސިސްޓަމްތަކާ ނުކުޅޭށޭ ތިޔަ ބޭފުޅުން." ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން