ދުނިޔެ

އިސްރާއީލުގެ ޕާލަމެންޓުން ހުޅަނގު އައްސޭރި ރަސްމީކޮށް ފޭރިގަތުމަށް ފާސްކޮށްފި

އިސްރާއީލުގެ ޕާލަމެންޓުން ހުޅަނގު އައްސޭރި ރަސްމީކޮށް ފޭރިގަތުމަށް ފާސްކޮށްފި

އިސްރާއިލްގެ ޕާލިމެންޓް ޖަލްސާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޮކްޓޯބަރު 2025، 07:14

22 އޮކްޓޯބަރު 2025، 07:14

އިސްރާއީލުގެ ޕާލަމެންޓް، ނެސެޓުން ހުޅަނގު އައްސޭރި ރަސްމީކޮށް އިސްރާއީލާ ގުޅުވާލުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފާސްކޮށްފިއެވެ. 

އިސްރާއީލުގެ ޗެނަލް 12އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިލު ފާސްވެފައިވަނީ 25 މެމްބަރުންގެ ތާއީދާއެކުއެވެ. އަދި 24 މެމްބަރެއް ބިލާއި ދެކޮޅަށް ވޯޓުދީފައިވެއެވެ.

މި ބިލު ފާސްވުމާ ގުޅިގެން އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމަރް ބެން-ގަވިރް ބުނެފައިވަނީ "ހުޅަނގުއައްސޭރީގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުމުގެ ވަގުތު މިހާރު ވަނީ އައިސްފައިވާ" ކަމަށެވެ.

އެހެންނަމަވެސް، ސަރުކާރު އިސްކޮށް ހިންގާ ލިކުޑް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ވޮޝިންގްޓަނާއެކު އޮތް ގުޅުމަށާއި ހާސިލުކުރެވިފައިވާ ކާމިޔާބީތަކަށް ގެއްލުން ލިބޭނެ ފަދަ ގާނޫނަކުން" ހުޅަނގު އައްސޭރީގެ ހަޤީޤީ ސިޔާދަތު ހާސިލެއް ނުކުރެވޭނެ ކަމަށެވެ.

 "އަޅުގަނޑުމެން ކޮންމެ ދުވަހަކު އާބާދުކުރުން ވަރުގަދަކުރަމުން މިދަނީ ޢަމަލުންނާއި، ބަޖެޓުންނާއި، އިމާރާތްކުރުމުންނާއި، ސިނާޢަތުން، ބަހަކުން ނޫން" އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލު ސަރުކާރުގެ ގިނަ މެންބަރުން ހުޅަނގު އައްސޭރީގައި ސިޔާދަތު ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާއިރު، މިކަމުގެ ސަބަބުން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅިގެންދާނެއެވެ. ކުރިން، އިސްރާއީލު ރޭޑިއޯއިން ބުނެފައިވަނީ ހުޅަނގު އައްސޭރި ފޭރިގަތުން ވަރުގަދަކުރުމުގެ ޤާނޫނު ފާސްކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ހަމަނުޖެހުމެއް އުފެދިދާނެކަމަށް އިސްރާއިލް ސަރުކާރުން ބިރުގަންނަ ކަމަށެވެ. 

މި ބިލު ފާސްވުމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސްގެ އޮފީހުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ހަމާސް އިން ބުނެފައިވަނީ މިއީ ބާތިލް އަދި ޤާނޫނީ ގޮތުން ޞައްޚަނޫން ކަމެއް ކަމަށާއި، ދެ ދައުލަތުގެ ހައްލަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.

ޓައިމްސް އޮފް އިސްރާއީލް ނޫހުގައި ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕްގެ އޮފީހުން ވަނީ ހުޅަނގު އައްސޭރި އިސްރާއީލަށް ގުޅުވާލުމާ މެދު ސިއްރުން އިންޒާރުދީފައެވެ. އެހެންނަމަވެސް، އިސްރާއީލުގެ ބޮޑު އިސްވެރިއެއްގެ ގޮތުގައި ނޫހުން ސިފަކުރި ފަރާތަކުން ބުނެފައިވަނީ މި އިންޒާރަކީ "މަޝްވަރާގެ ނިމުމެއް" ނޫން ކަމަށާއި، ބެންޖަމިން ނަތަންޔާހޫ މި މައްސަލަގައި ޓްރަމްޕާ އެކު މަޝްވަރާކުރުމަށް ގަސްތުކުރާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން