ޚަބަރު
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި 2 މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫ--
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި 2 މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށައެޅުމާއި ގުޅިގެން ފުލުހުން ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އެއީ، ސ. ހިތަދޫ/ކުރޭންގެ އުމުރުން 60 އަހަރުގެ އިބްރާހީމް އަބްދުﷲ އާއި، ސ. މަރަދޫ/ނާރެސް، އުމުރުން 52 އަހަރުގެ ފަރަޙްނާޒް ރަޝީދުކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، އެ ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައިވާ ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.