Ads by Stelco

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކުރި ޙަސަން ޢަބްދުއްރަޙްމާން---

farudhun logo

ފަރުދުން

22 އޮކްޓޯބަރު 2025، 08:48

22 އޮކްޓޯބަރު 2025، 08:48

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓާރމިނަލްގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނަރ ސިނގިރޭޓުގެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަތަރުވަނަ މީހާ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ އުމުރުން 52 އަހަރުގެ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާންއެވެ. ފުލުހުން ވިދާޅުވީ ޙަސަން ޢަބްދުއްރަޙްމާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން 19 އޮކްޓޫބަރު 2025ގައި ތިލަފުށީގައި ހިންގި ބަލާފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތަކެއް ފެނިފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މިތަކެތި މިހާރު ވަނީ ތަޙުޤީޤުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ. އެވަރ ގްލޯރީ / މާލެ، އަޙްމަދު ޢާރިފް (61 އަހަރު) އާއި ދިގަލި / ބ. އޭދަފުށި، މުޙައްމަދު ވަޙީދު (65 އަހަރު) އާއި ހ. ނިއު ހެޕިނަސް / މާލެ، މުޢާޒު ޢަލީ (48 އަހަރު) އަދި މެދުރޭގެ / ހދ. ވައިކަރަދޫ، ޒިވާރު އިސްމާޢީލް (40 އަހަރު) އެވެ.

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި 4 މީހުން---

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން