Ads by Stelco

ޚަބަރު

މެދުރާއްޖެތެރެއަށް ނެރުނު ރީނދޫ ސަމާލު ދަންމާލައިފި

މެދުރާއްޖެތެރެއަށް ނެރުނު ރީނދޫ ސަމާލު ދަންމާލައިފި

މެދުރާއްޖެ ތެރެއަށް ވަނީ ރީނދޫ ސަމާލު ނެރެފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 އޮކްޓޯބަރު 2025، 06:04

23 އޮކްޓޯބަރު 2025، 06:04

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރޭ މެދުރާއްޖެތެރެއަށް ނެރުނު ރީނދޫ ސަމާލު މިއަދު ހެނދުނު 09:30އާ ހަމައަށް ދަންމާލައިފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ފާއިތުވި 12 ގަޑިއެއްހާއިރުގެ ތެރޭގައި އެންމެ މޫސުން ގޯސްވެފައި ވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.

އެގޮތުން ރޭގެ 9:45އިން ފެށިގެން ޅ އަތޮޅުން މ އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެއެވެ. އަދި އެ އަތޮޅުތައް ހިމެނޭ ކަނޑުގެ ސަރުޙައްދުތައް ވެސް ގަދަވާނެއެވެ. 



މުޅި ރާއްޖޭގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް ވިއްސާރަކުރާނެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ބެލެވެއެވެ. 

ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. 

މީގެއިތުރުން، ކަނޑުތައް އާންމު ގޮތެއްގައި ގަދަވެ، ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާއި ދެމެދުގައެވެ.

އެހެންކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން