ސައިންސް

އުތުރު އެޓްލާންޓިކް ރައިޓް ބޮޑުމަހުގެ އާބާދީ އިތުރުވުމުގެ އުއްމީދު ބޮޑުވެއްޖެ

އުތުރު އެޓްލާންޓިކް ރައިޓް ބޮޑުމަހުގެ އާބާދީ އިތުރުވުމުގެ އުއްމީދު ބޮޑުވެއްޖެ

ނޯތް އެޓްލާންޓިކް ރައިޓް ވޭލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޮކްޓޯބަރު 2025، 02:55

23 އޮކްޓޯބަރު 2025، 02:55

ދިރާސާކުރާ ސައިންޓިސްޓުން ހާމަކުރައްވާ ގޮތުގައި، ދުނިޔޭގައި އެންމެ މަދު ބާވަތުގެ މަސްތަކުގެ ތެރޭގައި ހިމެނޭ "އުތުރު އެޓްލާންޓިކް ރައިޓް ވޭލް"ގެ އާބާދީ އިތުރުވަމުންދާކަން ފާހަގަކުރެވިއްޖެއެވެ. މިބާވަތުގެ މަސް ރައްކާތެރިކުރުމަށް ކުރެވުނު އާ މަސައްކަތްތަކުގެ ސަބަބުން، އާބާދީ އިތުރުވުމުގެ ހިތްވަރުދެނިވި ކުރިއެރުމެއް ލިބިފައިވާކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މިދިޔަ އަންގާރަ ދުވަހު ނޯތު އެޓްލާންޓިކް ރައިޓް ވެއިލް ކޮންސޯޓިއަމް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިހާރު މިބާވަތުގެ މަސްތަކުގެ ޖުމްލަ އަދަދު 384 އަށް އަރައެވެ. މިއީ ކުރީގެ އަހަރާ އަޅާބަލާއިރު 8 ޕަރސަންޓް އިތުރުވި އަދަދެކެވެ. ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި މަސްތަކުގެ އާބާދީގައި މަޑު ދުވެއްޔެއްގައި ކުރިއެރުންތަކެއް ފެނިފައިވާއިރު، 2020 ވަނަ އަހަރުގެ އާބާދީގެ 7% އަށް ވުރެ ގިނަ މަސް މިހާރު އިތުރުވެފައިވާކަމަށް ކޮންސޯޓިއަމްއިން ބުނެއެވެ.

މިއީ، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި މަސްތަކުގެ އާބާދީ ދަށްވަމުންދާކަމަށް ބެލެވުނު ކަންބޮޑުވުންތަކަށްފަހު ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. 2010 އިން 2020 އާ ދެމެދު، މި މަސްތަކުގެ އާބާދީ 25% ދަށްވެފައިވެއެވެ. މި މަސްތަކަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ކަނޑުދަތުރުކުރާ އުޅަނދުތަކާ އެކު ކުރިމަތިވާ އެކްސިޑެންޓްތަކާއި ، މަސްވެރިކަމުގެ އާލާތްތަކުގައި ތާށިވުމުމުގެ މައްސަލަތަކެވެ.

މަސްތަކުގެ އާބާދީ ރަނގަޅުވަމުންދާ ކަން ދައްކުވައިދެނީ ރައްކާތެރިކުރުމުގެ ފިޔަވަޅުތަކުގެ މުހިންމުކަމެވެ. ނިއު އިންގްލަންޑް އެކްއޭރިއަމްގެ އެންޑަސަން ކެބޮޓް ސެންޓަރ ފޯ އޯޝަން ލައިފްގެ ސީނިއާ ސައިންޓިސްޓެއް ކަމަށްވާ ފިލިޕް ހެމިލްޓަން ވިދާޅުވިއެވެ. އާބާދީގެ އިތުރު ކުރުމަށް މި ސެންޓަރާއި ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން  ގުޅިގެން މަސައްކަތްކުރާކަމަށެވެ.

ގަލްފް އޮފް ސެއިންޓް ލޯރެންސްގައި މި މަސްތައް ގިނަވުމާއެކު، އެ މަސްތައް ރައްކާތެރިކުރުމަށް ކެނެޑާ އިން އަޅާފައިވާ އާ މެނޭޖްމަންޓް ފިޔަވަޅުތަކަކީ ވަރަށް މުހިންމު ކަމެއްކަމަށް ހެމިލްޓަން ވިދާޅުވިއެވެ. "ކޮންމެ އަހަރަކު ކުޑަމިންވަރަކަށް އާބާދީ އިތުރުވަމުންދާ ނަމަ، އަޅުގަނޑުމެންނަށް އެކަން ދެމެހެއްޓިއްޖެނަމަ، އާބާދީ އިތުރުވާނެކަން އެނގިފައިވޭ،" ހެމިލްޓަން ވިދާޅުވިއެވެ. "އެކަމަކު މިކަން ދެމެހެއްޓޭނެތޯއެވެ؟"

ސައިންޓިސްޓުން ފާއިތުވި އަހަރުތަކުގައި ބުނެފައިވަނީ، މި މަސްތައް ރަނގަޅުވަމުން އަންނައިރުވެސް، ކާރިސާތަކާއި ނުރައްކާތަކުގެ ސަބަބުން މަރުވުމުގެ ބިރު އަދިވެސް ކުރިމަތިވެފައިވާކަމަށާއި، މިކަމަށް ވަރުގަދަ ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ބޭނުންވާކަމަށެވެ. ނަމަވެސް، މަސްތަކުގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައިވާ މައްސަލަވެސް ހައްލުވާން ފަށާފައިވާކަމަށް ހެމިލްޓަން ވިދާޅުވިއެވެ.

ސައިންޓިސްޓުން ވިދާޅުވާ ގޮތުގައި، މި މަސްތަކަށް އަނިޔާ ލިބިފައިވާނަމަ ނުވަތަ އެކަށީގެންވާ ވަރަށް ކާނާ ނުލިބޭނަމަ، އެމަސްތައް ގިނަވުމުގެ ފުރުސަތު ކުޑައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން