ސައިންސް

ޖަޕާނުން އިންސާނުން ދޮންނަ މެޝިނެއް އުފައްދަނީ

ޖަޕާނުން އިންސާނުން ދޮންނަ މެޝިނެއް އުފައްދަނީ

އިންސާނުން ދޮވެވޭ ކަހަލަ ދޮންނަ މެޝިނެއް އުފައްދަނީ. ފޮޓޯ: ސައިންސް އިންކް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

23 ސެޕްޓެމްބަރު 2026، 10:10

23 ސެޕްޓެމްބަރު 2026، 10:10

ޖަޕާނުގެ ސައިންސް ކޮމްޕެނީއިން "މިރާއީ ނިންގަން ސެންޓަކުކް" ގެ ނަމުގައި ހާއްސަ މެޝިނެއް އުފެއްދުމުގެ މަސައްތަތް ވަނީ ފަށައިފައެވެ. 2.3 މީޓަރުގެ ދިގުމިން ހުންނަ މި މެޝިނަކީ އިންސާނާ އޭގެ ތެރޭގައި އިށީނުމުން އަމިއްލައަށް ހަށިގަނޑު ދޮވެ، މަސާޖުކޮށް، އަދި ހިއްކައިދޭ މެޝިނެކެވެ.

މި އާދަޔާ ހިލާފު އީޖާދަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމަށް ލުޔެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މުހިންމު ޕްރޮޖެކްޓެކެވެ.

މި މެޝިނުގެ ޚިދުމަތް ހޯދުމަށް ހަމައެކަނި ޖެހެނީ އޭގެ އެތެރޭގައި ހަމަޖެހިލައިގެން އިށީނދެ އިންނާށެވެ. އިށީނުމާއެކު، މެޝިނުގައި ހަރުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް އާއި ހާއްސަ ސެންސަރުތަކުގެ އެހީގައި، މީހާގެ މުޅި ހަށިގަނޑު ދޮވެ ސާފުކޮށްދީ، މަސާޖުކޮށް، ހަށިގަނޑު އެއްކޮށް ހިއްކައިދެން ނަގާނީ އެންމެ 15 މިނެޓެވެ.

މި ދޮންނަ މެޝިން އުފެއްދުމުގެ ހިޔާލަކީ އައު ހިޔާލެއް ނޫނެވެ. މި މެޝިން ވަނީ 1970 ވަނަ އަހަރު ޖަޕާނުގައި ބޭއްވި އެކްސްޕޯއެއްގައި ތަސައްވުރުކޮށް އާންމުންނަށް ދައްކައިލާފައެވެ.

ނަމަވެސް، އޭރުގެ ޓެކްނޮލޮޖީ އެ ފެންވަރަށް ތަރައްޤީވެފައި ނެތުމުން އޭރު އަމަލީ ގޮތުން ކުރިއަކަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

އޭގެ ބައި ގަރުނު ފަހުން، އޭއައި އަދި ރޮބޮޓިކްސްގެ އެހީގައި މި ކޮންސެޕްޓް މިހާރު މިވަނީ މި ހުވަފެން ހަޤީޤަތަކަށް ވާން ފަށާފައެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ބިޒީ ދިރިއުޅުމެއް އުޅޭ މީހުންނަށްވެސް ބޭނުންތެރި، ބޮޑު ބަދަލެއް ގެނެސްދޭނެ އީޖާދެއް ކަމަށް ޓެކްނޮލޮޖީގެ މާހިރުން ޤަބޫލުކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450