ސައިންސް

ޕެންކްރިއަޓިކް ކެންސަރު އޭގެ ޑީއެންއޭ ބަދަލުކުރާ ގޮތް ސައިންސްވެރިން ދެނެގެންފި

ޕެންކްރިއަޓިކް ކެންސަރު އޭގެ ޑީއެންއޭ ބަދަލުކުރާ ގޮތް ސައިންސްވެރިން ދެނެގެންފި

ސެލްތަކެއް. ފޮޓޯ: ސައިންސް ޑެއިލީ

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2026، 11:35

27 އޮކްޓޯބަރު 2026، 11:35

ޕެންކްރިއަޓިކް ކެންސަރު މުޅި ހަށިގަނޑަށް ފެތުރި، ފަރުވާއަށް ނުގުޑާ ގޮތަށް އޭގެ ޖެނެޓިކް ބެކްގްރައުންޑަށް އަބަދުވެސް ބަދަލުތައް ގެންނަ ގޮތާ ބެހޭ އައު ތަފުސީލުތަކެއް ސައިންސްވެރިން ދެނެގަނެފިއެވެ. 

ގާތްގަނޑަކަށް ބައި މިލިއަން ވަކިވަކި ކެންސަރު ސެލްތައް ދިރާސާކޮށްގެން ސައިންސްވެރިން ދެނެގަތް މި ހޯދުންތަކުގެ ސަބަބުން، ކެންސަރުގެ އެންމެ ނުރައްކާތެރި އެއް ބާވަތާ ދެކޮޅަށް މަސައްކަތް ކުރެވިދާނެ އައު ގޮތްތަކެއް ހޯދުމަށް އޮތް ފުރުސަތު ވަނީ ފަހިވެގެންގޮސްފައެވެ.

އެމެރިކާގެ އެންވައިޔޫ ލެންގޯން ހެލްތާއި، ޕާލްމަޓަރ ކެންސަރ ސެންޓަރުގެ ސައިންސްވެރިން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބަލާފައި ވަނީ ފަރުވާ ދިނުމަށް އެންމެ އުނދަގޫ އެއް ބާވަތް ކަމަށްވާ ޕެންކްރިއަޓިކް ޑަކްޓަލް އެޑިނޯކާސިނޯމާ އަށެވެ. މި ބަލި ޖެހޭ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން، ބަލި ދެނެގަންނަތާ ފަސް އަހަރު ދުވަހުގެ ތެރޭގައި މަރުވެއެވެ. މި ބައްޔާ ހައެއްކަ ޖީން ގުޅިފައިވާކަން ކުރިން އެނގިފައިވީ ނަމަވެސް، ވަކިވަކި ޓިއުމަރު ސެލްތައް ދިރާސާކުރުމުން ކެންސަރު ސެލްތަކުގެ ތަފާތު ގްރޫޕްތަކުން ޑީއެންއޭ ބަދަލުކުރާ ގޮތް މިހާރު ވަނީ ދިރާސާގެ އަލީގައި ސާފުކޮށް ދެނެގަނެވިފައެވެ.

އޮކްޓޯބަރު 13 ގައި 'ނޭޗަރ ޖެނެޓިކްސް' މަޖައްލާގައި ޝާއިއުކުރި މި ދިރާސާއިން ދައްކާ ގޮތުގައި، ޕެންކްރިއަޓިކް ޓިއުމަރުތަކުގައި 'ކްލޯންސް' ގެ ނަމުން މަޝްހޫރު ތަފާތު ސެލް ގްރޫޕްތަކެއް އެކުލެވިގެންވެއެވެ. މީގެ ތެރެއިން ބައެއް ކްލޯންތަކުން ފަރުވާތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އެހީތެރިވެދޭއިރު، އަނެއްބައި ކްލޯންތަކަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރުމުގެ ގާބިލުކަން އިތުރުވެފައިވާ ސެލްތަކެކެވެ. 

މީގެ އިތުރުން ނުރައްކާތެރި ކެންސަރު ސެލްތަކުގައި 'އެމްވައިސީ' (MYC) ޖީންގެ ހަރަކާތްތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވުނުއިރު، ލެބޯޓްރީގައި އެ ޖީންގެ ހަރަކާތްތެރިކަން ހުއްޓުވުމުން އެ ސެލްތައް އަލުން ނުރައްކާ ކުޑަ ހާލަތަކަށް ބަދަލުވެ، ދިފާއީ ނިޒާމަށް ފަސޭހައިން ފެންނަ ގޮތް ވިކަމަށް ދިރާސާއިން ދެއްކިއެވެ.

މި ދިރާސާގެ އިސް ތަހުގީގުވެރިޔާ ޑރ. ޑެސްޕޮއިނާ ކަލްފަކަކޫ ވިދާޅުވީ، މިއީ މި ބައްޔާ ގުޅޭގޮތުން މިހާތަނަށް ހޯދުނު އެންމެ ތަފުސީލު މައުލޫމާތުތައް ކަމަށެވެ. އަދި އެމްވައިސީ ހިމެނޭހެން ޓިއުމަރު ބަދަލުވަމުންދާ މެކޭނިޒަމްތަކަށް އަމާޒުކޮށް ފަރުވާ ދިނުމަކީ ކެންސަރު ހަލުވިކަމާއެކު ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިމިއުނޯތެރަޕީގެ ފަރުވާއަށް މި ބަލި އިޖާބަ ނުދޭ ސަބަބުތަކަށް އަލިއަޅުވާލައްވަމުން، މި ދިރާސާގައި ބައިވެރިވި ޕްރޮފެސަރ ޑރ. އެރިސްޓޮޓެލިސް ސިރިގޯސް ފާހަގަކުރެއްވީ، ކެންސަރު ސެލްތަކުން ޓީއައިޖީއައިޓީ (TIGIT) ޖީންގެ ހަރަކާތްތެރިކަން އިތުރުކޮށް ޕީޑީ1 (PD1) ގެ ހަރަކާތްތެރިކަން ދަށްކުރުމަކީ ދިފާއީ ނިޒާމަށް ފިލައިގެން އުޅުމަށް އެ ސެލްތަކަށް ލިބޭ ބާރެއް ކަމަށެވެ. 

ސައިންސްވެރިން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ބަލިޖެހިފައިވާ 56 މީހެއްގެ 62 ޓިއުމަރަކުން ނެގި 443,451 ސެލްގެ ޖީން އެކްޓިވިޓީ ތަހުލީލުކޮށްގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450