ޚަބަރު
ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން ރާއްޖެ ވަޑައިގެންފި

ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާ، ދިފާޢީ ވަޒީރާ ބައްދަލުކުރައްވަނީ.

ފަރުދުން
23 އޮކްޓޯބަރު 2025، 04:39
23 އޮކްޓޯބަރު 2025، 04:39
ޕާކިސްތާނީ ޢަސްކަރިއްޔާގެ އިސް ޖެނެރަލެއް ކަމުގައިވާ ޗެއަރމަން އޮފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖޮމިޓީ ޖެނެރަލް، ސާޙިރް ޝަމްޝާދް މިރްޒާ ރާއްޖެ ވަޑައިގެންފިއެވެ.
ރާއްޖޭގެ ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޖެނެރަލް މިރްޒާ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދިފާޢީ ވަޒީރު ޣައްސާނާ އެ މަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. ރާއްޖެއާ ޕާކިސްތާނާ ދެމެދުގެ ޢަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.
ޕާކިސްތާނުގެ ޢަސްކަރިއްޔާގެ އެހެން ބައެއް އިސް އޮފިސަަރުންނާއި، ރާއްޖޭގައި ހުންނަވާ ޕާކިސްތާން ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ފައިޞަލް ރަސޫލް ލޯދީ ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
Minister of Defence @mgmaumoon met Pakistan's Chairman of the Joint Chiefs of Staff Committee, General Sahir Shamshad Mirza, NI, NI (M), accompanied by High Commissioner of Pakistan Vice Admiral (Retd.) Faisal Rasul Lodhi and senior officials from the military.
— Ministry of Defence (@MoDmv) October 23, 2025
The… pic.twitter.com/F9W7FxcKEr