Ads by Stelco

ޚަބަރު

ސްޓެލްކޯ ފަސް ލައްކަ ގަސް އިންދުމުގެ މަޝްރޫޢު ހަލުވިކަމާ އެކު ކުރިއަށް

ސްޓެލްކޯ ފަސް ލައްކަ ގަސް އިންދުމުގެ މަޝްރޫޢު ހަލުވިކަމާ އެކު ކުރިއަށް

ސްޓެލްކޯ މަސައްކަތްތެރިން ގަސް އިންދަނީ.

farudhun logo

ފަރުދުން

23 އޮކްޓޯބަރު 2025، 04:40

23 އޮކްޓޯބަރު 2025، 04:40

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިޢުލާނުކުރެވުނު ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ސްޓެލްކޯއިން އިންދުމަށް ކަނޑައަޅާފައިވާ ފަސް ލައްކަ ގަސް އިންދުމުގެ ޙަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވާ ގޮތުން، ފަސް ލައްކަ ގަސް އިންދުމުގެ އަމާޒުގެ ދަށުން، މިދިޔަ އަހަރުގެ ޖޫން މަހުގެ 5އިން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ 20އާ ހަމައަށް، 74،282 ގަސް އެ ކުންފުނިން އިންދާފައި ވެއެވެ.

ސްޓެލްކޯއިން ބުނީ، މި 74،282 ގަސް އިންދާފައިވަނީ ސްޓެލްކޯއިން ޚިދުމަތްދެމުން އަންނަ ރަށްރަށުގައި ކަމަށެވެ.

ސްޓެލްކޯގެ ލަނޑުދަނޑި ކަމުގައި ވާ ފަސް ލައްކަ ގަސް އިންދުމަށްޓަކައި، އިތުރު 425،718 ގަސް އިންދަން ޖެހެއެވެ.

މި ދައުރުގެ ތެރޭގައި ފަސް މިލިޔަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގަތީ 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ. 

މި މަޝްރޫޢުގެ މަޤުޞަދަކީ، ރާއްޖެއިން ނެތެމުންދާ ގަހުގެ ބާވަތްތައް އާލާކޮށް، ތިމާވެށީގެ ފެހިކަން އިތުރުކޮށް، މާޙައުލީ ނިޡާމު ދަމަހައްޓައި، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން