ދުނިޔެ
އިސްރާއީލުން ލުބްނާނަށް ދިން ޙަމަލާ: މަދަރުސާއެއްގެ ބިއްލޫރިތައް ތަޅައިގެން، ދަރިވަރުން ޒަޚަމު
                    ކަނާތް ފަރާތުގައި: އިސްރާއީލުން ލުބްނާނަށް މިއަދު ދިން ޙަމަލާތަކުގެ ނަތީޖާ. ވާތް ފަރާތުގައި: ލުބްނާނުގެ މަދަރުސާއަކަށް ޙަމަލާގެ އަޘަރު ފޯރުން.
ފަރުދުން
23 އޮކްޓޯބަރު 2025، 04:40
23 އޮކްޓޯބަރު 2025، 04:40
އިސްރާއީލުން ލުބްނާނުގެ އިރުއުތުރުގައި އޮންނަ ޝަމިސްޠާރު އަދި ޖަންތާ ސަރަޙައްދަށް މިއަދު ދިން ވައިގެ ޙަމަލާތަކެއްގެ އަޘަރު، ޝަމިސްޠާރު ޘާނަވީ މަދަރުސާއަށް ފޯރައިފިއެވެ.
تصاعد أعمدة الدخان بفعل قصف إسرائيلي على بلدتي شمسطار وجنتا في منطقة #البقاع جنوب #لبنان، وجيش الاحتلال يزعم أنه "هاجم معسكرا وموقعا لتصنيع صواريخ موجهة ودقيقة لحزب الله"
— Aljazeera.net • الجزيرة نت (@AJArabicnet) October 23, 2025
تفاصيل أكثر: https://t.co/OOuX0PLUjb pic.twitter.com/QXdFD7p9Kn
ޢަރަބި މީޑިޔާތަކުން ދާދި ދެންމެއަކު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝަމިސްޠާރު ޘާނަވީ މަދަރުސާއަށް ޙަމަލާގެ އަޘަރު ފޯރުމުގެ ސަބަބުން، މަދަރުސާގެ ބިއްލޫރިތައް ތަޅައިގެން ގޮސް، މަދަރުސާ ޢިމާރާތުން ވަނީ ގުޑުން އިޙުސާސްކުރެވިފައެވެ.
މި ގޮތުން، އެ މަދަރުސާގެ ބިއްލޫރި މޭޒެއް ތަޅައިގެން ގޮސްފައިވާ ތަޞްވީރެއް މީގެ ބައިގަޑިއެއްހައި ކުރީން ޙިއްޞާކޮށްފައިވެއެވެ.
ލުބްނާނުގެ ނޫސް މަޞްދަރެއް ކަމުގައިވާ "ލެބަނޯން ޑިބޭޓް"އިން ހާމަކޮށްފައިވާ ގޮތުގައި، އަދު މެންދުރު ހިނގި މި ޙާދިޘާގައި ބިއްލޫރި ތަޅައިގެން ދިޔުމުގެ ސަބަބުން، ޝަމިސްޠާރު ޘާނަވީ މަދަރުސާގެ ބައެއް މުދައްރިސުންނާއި ދަރިވަރުންނާ ދިމާއަށް ބިއްލޫރިކޮޅުތައް ބުރައިގެން ގޮސް، ޒަޚަމުވެފައި ވެއެވެ. ނަމަވެސް، އެއްވެސް ފަރާތަކަށް "ސީރިޔަސް" އަނިޔާއެއް ލިބިފައިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
"ލެބަނޯން ޑިބޭޓް"އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ ޙަމަލާގައި މަދަރުސާއަށް އައި ކުއްލި ލޮޅުމުގެ ސަބަބުން ދަރިވަރުންނާއި މުވައްޡަފުންނަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. މި ކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކެއް ހާސްކަން ފައުޅުކުރި ކަމަށް އެ ނޫހުން ބުނެފައި ވެއެވެ. މިއާ އެކު، ލުބްނާނުގެ މަދަނީ ދިފާޢު ޓީމުތަކުން ޙަރަކާތްތެރިވެ، މަދަރުސާ ޢިމާރާތް ހުސްކޮށް، ދަރިވަރުން އެ ތަނުން ނެރުނެވެ.
އެހެން ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، މި ޙަމަލާތަކުގައި މަދަރުސާގެ ކުޑަދޮރުތަކާއި ބައެއް ބިއްލޫރި މޭޒުތައް ތަޅައިގެން ދިޔުމުން، އެ ކަމާ ބިރުން ބައެއް ކުދީން ހެއި ނެތިފައި ވެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ސަލާމަތަށްޓަކައި، ތަޅައިގެން ދިޔަ ބިއްލޫރީގެ ސަބަބުން ލިބުނު ގެއްލުންތައް މާރާމާތުކުރެވެންދެން، މަދަރުސާގެ ކިޔެވުން ވަޤުތީ ގޮތުން މެދުކަނޑާލުމަށް މަދަރުސާގެ އިދާރީ ބޭފުޅުން ވަނީ ނިންމަވާފައެވެ.