ދުނިޔެ

އިސްރާއީލު ކުޅުންތެރީންނަށް ވިސާ ނުދިނުމުން، އިންޑޮނޭޝިޔާގައި ބައިނަލްއަޤުވާމީ މުބާރާތްތައް ނުބޭއްވުމަށް އަމުރު!

އިސްރާއީލު ކުޅުންތެރީންނަށް ވިސާ ނުދިނުމުން، އިންޑޮނޭޝިޔާގައި ބައިނަލްއަޤުވާމީ މުބާރާތްތައް ނުބޭއްވުމަށް އަމުރު!

އިސްރާއީލު ކުޅުންތެރިއެއް.

farudhun logo

ފަރުދުން

23 އޮކްޓޯބަރު 2025، 05:34

23 އޮކްޓޯބަރު 2025، 05:34

އިންޑޮނޭޝިޔާގައި މުބާރާތްތައް ނުބޭއްވުމަށް ބައިނަލްއަޤުވާމީ ކުޅިވަރު މުއައްސަސާތަކަށް އަންގާނެ ކަމުގައި، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައި.އޯ.ސީ.)އިން ބުނެފިއެވެ.

އިންޑޮނޭޝިޔާގައި މިހާރު ކުރިއަށްދާ ވޮރލްޑް އަރޓިސްޓިކް ޖިމްނާސްޓިކްސް ޗެމްޕިއަންޝިޕްގައި އިސްރާއީލު ޓީމަށް ވިސާ ނުދިނުމަށް އިންޑޮނޭޝިޔާ ސަރުކާރުން ވަނީ ނިންމާފައެވެ. އިންޑޮނޭޝިޔާއިން ބުނީ، އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް ހިންގާ ޢުދުވާނުގެ ސަބަބުން، އިންޑޮނޭޝިޔާއަށް ވަނުމުގެ ހުއްދަ އިސްރާއީލު ކުޅުންތެރީންނަށް ނުދޭނެ ކަމުގައެވެ.

އިސްރާއީލުގެ ޖިމްނާސްޓިކްސް ފެޑެރޭޝަނުން ވަނީ އިންޑޮނޭޝިޔާގެ މި ނިންމުމަށް ފާޑުކިޔާފައެވެ. މި ކަމާ ގުޅިގެން އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައި.އޯ.ސީ.)އިން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމަށް ފަހު ނިންމީ، އިންޑޮނޭޝިޔާގެ އޮލިމްޕިކް ކޮމިޓީއާ ގުޅުން ކަނޑާލައި، މުސްތަޤުބަލުގައި އިންޑޮނޭޝިޔާގައި އެއްވެސް އޮލިމްޕިކް މުބާރާތެއް ނުވަތަ ކޮންފަރެންސެއް ނުބޭއްވޭ ގޮތް ހެދުމަށެވެ.

 އައި.އޯ.ސީ.އިން ބުނީ، އިސްރާއީލީން ހިމެނޭހެން، ކޮންމެ "ޤައުމެއްގެ" މީހަކަށް ވިޔަސް، ތަފާތުކުރުމެއް ނެތި އިންޑޮނޭޝިޔާގައި ބާއްވާ މުބާރާތްތަކަށް ދިޔުމުގެ ފުރުޞަތު ދިނުމުން މެނުވީ އައި.އޯ.ސީ.އިން ނިންމި ނިންމުން ބަދަލު ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން، އިންޑޯނޭޝިޔާގައި މުބާރާތްތައް ނުވަތަ ބައްދަލުވުންތައް ނުބޭއްވުމަށް، އެންމެހައި ބައިނަލްއަޤުވާމީ ކުޅިވަރު މުއައްސަސާތަކަށް ވެސް އައި.އޯ.ސީ.އިން އިލްތިމާސްކުރެއެވެ.

އިންޑޮނޭޝިޔާގެ ކުޅިވަރު ވަޒީރު ވިދާޅުވީ، އެ ޤައުމުން އިސްރާއީލު ކުޅުންތެރީންނަށް ވިސާ ނުދިނުމަށް ނިންމި ނިންމުމުގެ ސަބަބުން މިފަދަ ނަތީޖާއެއް ކުރިމަތިވާނެ ކަން އިންޑޮނޭޝިޔާއަށް އެނގޭ ކަމަށެވެ. ނަމަވެސް، މި ކަމުގެ ސަބަބުން އިންޑޮނޭޝިޔާއިން ބައިނަލްއަޤުވާމީ ކުޅިވަރު މައިދާނުގައި ފަހަތަށް ނުޖެހޭނެ ކަމަށް ވަޒީރު އެރިކް ޠާރިޤު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ޢ

ޢަލީ

23/10/2025 18:16

ތި ނިންމެވި ހިތްވަރުގަދަ ނިންމެވުމަށް މުސްލިމެއްގެ ޙައިޞިއްޔަތުން ވަރަށްބޮޑަށް ޝުކުރުދަންނަވަން. ހުރިހާ މުސްލިމުޤައުމަކުން އިޒްރޭލާދޭތެރޭ ތިގޮތަށް ޢަމަލުކުރާނަމަ ޔަހޫދީން ޖެހޭނީ ހަމަބިމަށް ތިރިވާން. އަދިވެސް އެއްފަހަރު އިންޑޮނޭޝިޔާއިން ތިނިންމެވި ހިތްވަރުގަދަ ނިންމެވުމަށް ހިފެހެއްޓުމެއްނެތް ޝުކުރުދަންނަވަން.