ދުނިޔެ

އިސްރާއިލް ސިފައިން ސީރިއާގެ ދެކުނުގެ އަވަށަކަށް ހަމަލާދީފި

އިސްރާއިލް ސިފައިން ސީރިއާގެ ދެކުނުގެ އަވަށަކަށް ހަމަލާދީފި

އިސްރާއިލުން ސީރިއާއަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2025، 05:34

23 އޮކްޓޯބަރު 2025، 05:34

އިސްރާއިލްގެ ސިފައިން ބުދަ ދުވަހުގެ ރޭ ސީރިއާގެ ދެކުނުގައިވާ ދަރާ ޕްރޮވިންސްގެ ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށް އެޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

 މި ހަމަލާގައި ތިން ބާވަތެއްގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ސިޜިއާގެ ސަރުކާރުގެ ޓީވީ ޗެނަލެއް ކަމަށްވާ އަލް-އިޚްބާރިއާ ޓީވީގެ ރިޕޯޓްގައި ބުނެފައިވަނީ، ހަމަލާ ދީފައިވަނީ ކޮޔާ އަވަށުގެ ހުޅަނގު އުތުރު ސަރަހައްދަށް ކަމަށާއި، މި ހަމަލާއާ އެކު ބަޑީގެ ބާރު އަޑުތައް ވެސް އިވިފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ގެއްލުންވީ މިންވަރެއް ނުވަތަ މީހަކަށް އަނިޔާވި ކަމެއްގެ ތަފްސީލެއް އެ ޗެނަލުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މާޗް މަހު ވެސް އިސްރާއިލްގެ ހަމަލާތަކެއް ދިން ސަރަހައްދަކަށް މިފަހަރު ވެސް ހަމަލާ ދީފައިވާ ކަމަށާއި، މާޗް މަހު ދިން ހަމަލާގައި އެ އަވަށެއްގެ ފަސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ހަމަލާތަކަކީ އިސްރާއިލުން ސީރިއާގެ ފޭރިގަތް ބައެއް ސަރަހައްދުތަކެއްގެ ސަބަބުން ދިން ހަމަލާތަކެކެވެ.

އިސްރާއިލުން މި ހަމަލާތައް ދީފައި މިވަނީ، މިދިޔަ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ވެރިކަން ބަދަލުވެ، އެޤައުމުގެ ވެރިކަން ބަދަލުވުމާ އެކުގައެވެ. އިސްރާއިލުން ވަނީ އަސަދުގެ ވެރިކަން ވެއްޓުމާ އެކު 1974 ވަނަ އަހަރު ސީރިއާއާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ސީރިއާގެ ގޯލާން ހައިޓްސްގެ ސަރަހައްދު އިތުރަށް ހިފައިފައެވެ.

 އަސަދުގެ ވެރިކަން ބަދަލުވުމުގެ ފައިދާ ނަގާ، އިސްރާއިލުން ވަނީ ސީރިއާގެ އަސްކަރީ ސައިޓްތަކަށް އެތައް ސަތޭކަ ހަމަލާ އެއް ދީފައެވެ. އޭގެތެރޭގައި ފައިޓަރު ޖެޓް، މިސައިލް ސިސްޓަމް، އަދި އެއާ ޑިފެންސް އިންސްޓޯލޭޝަންތައް ހިމެނެއެވެ.

ގާތްގަނޑަކަށް 25 އަހަރު ވަންދެން ސީރިއާގެ ލީޑަރަކަށް ހުންނެވި ބައްޝާރުލް އަސަދު މިދިޔަ ޑިސެމްބަރު މަހު ރަޝިޔާއަށް ފިއްލަވައި، 1963 ވަނަ އަހަރުން ފެށިގެން އޮތް ބާޢަޘް ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފައިވެއެވެ. ޝަރާ ގެ އިންތިގާލީ އާ ސަރުކާރު އެކުލަވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. ސީރިއާގެ ސިޔާސީ ހާލަތު އޮތްގޮތުން، އިސްރާއިލްގެ ސިފައިންނަށް މިފަދަ ހަމަލާތައް ދިނުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ބެލެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން